
ފަލަސްޠީނުގެ ޣައްޒާއަށް، ޔަހޫދީންގެ ނިރުބަވެރި ފައުޖުން އަނެއްކާވެސް ދޭން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން، ޣައްޒާގައި ކެންސަރަށް ފަރުވާދެވޭ ހަމައެކަނި ހޮސްޕިޓަލަށް ބޮން އަޅައި، ގޮައްވާލައިފިއެވެ. ޔަހޫދީ ފައުޖުން ބޮން އެޅުމުގެ ސަބަބުން، ބާރުގަދަ ގޮވުމެއްގައި ޣައްޒާގެ މެދުގައި ހުންނަ ޓަރކިޝް-ޕަލަސްތިނިއަން ފްރެންޑިޝް ހޮސްޕިޓަލް ވަނީ ބިމާހަމަފައެވެ. އެ ހޮސްޕިޓަލުގެ އިމާރަތަށް އޭރުވެސް ހުރީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުން ކުރިން ދިން ޙަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެ ވައިގެ ޙަމަލާގައި އެ ހޮސްޕިޓަލާ އިންވެގެން ހުންނަ މެޑިކަލް ސްކޫލް ވެސް ވަނީ ސުންނާފަތިވެފައެވެ.
އެ ހޮސްޕިޓަލު ބިމާހަމަވުމާއެކު، ކެންސަރު ބައްޔަށް ފަރުވާ ހޯދޭނެ ގޮތެއް ނެތި، ޣައްޒާގައި ތިބި އެތައް ހާސް ބަލި މީހުން ތިބީ ގޮތްހުސްވެފައެވެ. ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ޔަހޫދީން ބަންދުކުރުމާ ގުޅިގެން، ތެޔޮ ލިބުން ދަތިވެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލް ނުހިންގޭ ޙާލަތަށް ގޮސް، އެތަނުގައި ތިބި 70 ބަލިމީހުންގެ ފުރާނައަށް ނުރައްކާވާ ޙާލަތަށް ދިޔަ ކަމަށް އޭރު އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ފަހަރު، އޭގެތެރެއިން ހަތަރު ބަލި މީހަކަށް އެކަށީގެންވާ ފަރުވާ ނުދެވި، ނިޔާވިކަން ވަނީ ހާމަވެފައެވެ. ތުރުކީވިލާތުން 34 މިލިއަން ޑޮލަރުގެ އެހީ ދީގެން، އެ ހޮސްޕިޓަލުގެ ބޮޑު ބައެއް އަލުން އިމާރާތްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.
އެ ހޮސްޕިޓަލުން އަހަރަކު 30،000 އެއްހާ ބަލިމީހުން ފަރުވާ ހޯދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުން ގަސްދުގައި ރާވައިގެން، ޣައްޒާއަކީ މީހުން ދިރިއުޅެން އެކަށީގެންނުވާ ތަނަކަށް ހަދައި، އެތަން ދޫކޮށް ދާން މީހުންނަށް މަޖުބޫރުވުމުގެ މަޤްޞަދުގައި ދިން ޙަމަލާއެއް ކަމަށެވެ. އަދި މިފަދަ އިސްރާއީލުން ހިންގާ މިފަދަ ނިރުބަވެރި ޢަމަލުތައް ހުއްޓުވައިދޭން، އެ ބަޔާނުގައި ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނީ، މިއީ ޔަހޫދީންގެ ނިރުބަވެރި ފައުޖުން، ޣައްޒާގެ ސިއްޙީ ނިޒާމު ފުނޑާލައި، ޣައްޒާގެ މައުސޫމް ރައްޔިތުންގެ ނަޞްލު ހޭދަ ކުރުމުގެ ޢަމަލެއް ކަމަށެވެ. 15 މަސް ދުވަސް ވަންދެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޙަމަލާތައް ގާތްގަނޑަކަށް ދެ މަސް ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަަހު، އަލުން ދޭން ފަށާފައިވާ ޙަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
