
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތުރުކީވިލާތުގެ ސަގާފީ އަދި ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ބެލެވޭ އިސްތަންބޫލުގެ މޭޔަރު އިކްރާމް އިމަމޯލޫ ޖަލުގައި ބަންދު ކޮށްފިއެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި ބެލެވޭ އިމަމޯލޫ ޖަލުގައި ބަންދު ކޮށްފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެންނެވެ. ތުރުކީވިލާތުގެ ކޯޓަކުން ޙުކުމް ކޮށްފައި ވަނީ ކޮރަޕްޝަންގެ މައްސަލައިގެ ޝަރިޢަތް ފެށެންދެން އިމަމޯލޫ ޖަލުގައި ބަންދު ކުރުމަށެވެ. ޝަރިޢަތް ފެށެންދެން އިމަމޯލޫ ބަންދު ކުރުމަށް ކޯޓުން ޙުކުމް ކޮށްފައި މި ވަނީ، އޭނާއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތު އުފުލައި ޝަރިޢަތް ފެށުމަށް ތައްޔާރުވަމުން ދިޔުމާ ގުޅިގެން ތުރުކީވިލާތުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. އުރްދުޣާންގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ތުރުކީވިލާތުގެ މައި އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އަދި ވިލާތުގެ ބައެއް ޤައުމުތަކުގެ ވެރިންގެ އިތުރުން ތުރުކީވިލާތުގެ ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ހިމެނެއެވެ.
އިމަމޯލޫގެ ކޮނޑުގައި އަޅުވާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. އެއީ، “ޤަބޫލު ކުރަން ދަތި އަދި އަގުވައްޓައިލުމުގެ ނިޔަތުގައި އުފުލާފައިވާ ތުހުމަތުތަކެއް”ގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. “އަޅުގަނޑު ހުންނާނީ ތެދަށް، އަޅުގަނޑު ގުދެއް ނުވާނަން،” އޭނާ ވިދާޅުވިއެވެ. އޭނާއާ ދެކޮޅަށް ފަށާފައިވާ މި ބަޣާވާތް ނާކާމިޔާބު ކޮށްލައްވާނެ ކަމަށާއި، މިއީ ތުރުކީވިލާތުގެ ޑިމޮކްރެޓިކް ޙަޔާތުގައި ކުރިމަތިވި ކަޅު ލައްގަނޑެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ.
54 އަހަރުގެ އިމަމޯލޫއާ ދެކޮޅަށް ހުށަހަޅާފައިވާ ކޮރަޕްޝަންގެ މައްސަލައަކީ ސިޔާސީ ވާދަވެރިކަމުގެ ސަބަބުންނާއި ސިޔާސީ މަންފާތަކެއް ހޯދުމުގެ ނިޔަތުގައި އުފުލާފައިވާ ދަޢުވާތަކެއްތަކަށް ބުނެ ކުރާ ތުހުމަތުތައް ތުރުކީވިލާތުގެ ސަރުކާރުން ދޮގު ކުރެއެވެ. އަދި، އިމަމޯލޫ ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވަނީ ފަނޑިޔާރުގެއަށް ބާރާއި ނުފޫޒު ފޯރުވައިގެން ކަމަށް ކުރެވޭ ތުހުމަތުތައް ވެސް ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ. މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާތައް ބޭއްވުން ވެސް ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ. އިމަމޯލޫ ޖަލަށް ލާފައި މި ވަނީ، ކުރިއަށް އޮތް ޢާންމު އިންތިޚާބުގައި ސީއެޗްޕީ ޕާޓީ ތަމްސީލު ކުރައްވާނެ ކެނޑިޑޭޓުގެ ގޮތުގައި އޭނާގެ ނަން ފާސް ކުރުމަށް އެ ޕާޓީން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. މި ކަމަށް ސީއެޗްޕީގެ ޢާންމު މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ތާޢީދު ކުރާއިރު، އޭނާއަށް އޮތް ތާޢީދު ހާމަކޮށްދިނުމަށް އެތަކެއް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އެއްވުންތައް ކޮންޓުރޯލު ކުުރުމަށް ފުލުހުން މަސައްކަތް ކުރުން ބައެއް ރަށްތަކުގައި ހަމަނުޖެހުން ހިނގާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
ތުރުކީވިލާތުގެ ޢާންމު އިންތިޚާބު ބޭއްވުމަށް ދެން ހަމަޖެހިފައި އޮތީ 2028ވަނަ އަހަރުއެވެ. ފާއިތުވި 22 އަހަރު ތުރުކީވިލާތުގައި ވެރިކަން ކުރައްވާފައިވާ އުރްދުޣާން އަލުން އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައިފި ނަމަ، އިންތިޚާބުގެ ތާރީޚު އަވަސް ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ. ސަބަބަކީ، ޤާނޫނީ ގޮތުން ރައީސް ކަމުގެ މަޤާމުގައި ދެމިހުރެވޭނެ އެންމެ ދިގު މުއްދަތު އޭގެ ކުރިން އުރްދުޣާނަށް ހަމަވުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
