
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން، އިތުރު ވަގުތުގެ ކުޅުމުގައި ޖެހި ދެ ލަނޑާއެކު 5-2 ގެ ނަތީޖާއަކުން މޮޅުވެ ސެމީ ފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފިއެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން އަމިއްލަ ގައުމުގައި ޑެންމާކް އިން ވަނީ 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. އަދި ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވީއިރު ޕޯޗުގަލް އިން ވަނީ 3-2 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 6 ވަނަ މިނިޓުގައި ޕޯޗުގަލް އަށް ވަނީ ލީޑު ނަގަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ރޮނާލްޑޯ އަށް ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ ރޮނާލްޑޮ ފޮނުވާލުމުން ޑެންމާކްގެ ކީޕަރު ޝުމައިކަލް ވަނީ ޕެނަލްޓީ މަތަކޮށްފަ އެވެ.
ނަމަވެސް މެޗުގެ 38 ވަނަ މިނިޓުގައި ޕޯޗުގަލް އަށް ކުރި ލިބިފައިވަނީ ޖޯކިމް އެންޑަސަން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ. މި ލަނޑަކީ ޕޯޗުގަލް އަށް ލިބުނު ކޯނަރެއް ބްރޫނޯ ފެނާންޑޭޒް ނަގައިދިނުމުން އެ ބޯޅަ ދިފާއު ކުރަން ބޮލުން ޖެހި ވަގުތު ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 އިން ޕޯޗުގަލް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ރަސްމުސް ކްރިސްޓެންސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުގައި ދެވަނަ ފަހަރަށް ޕޯޗުގަލް އަށް ކުރި ހޯދަދީފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 136 ވަނަ ލަނޑެވެ.
ޑެންމާކް އިން ވަނީ އޭގެ ހަތަރު މިނިޓު ފަހުން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އިން އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކްރިސްޓިއަން އެރިކްސަން އެވެ. މި މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓްރިންކާއޯ އެވެ. މި ލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެގްރިގޭޓް ނަތީޖާއިން ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގެ ތެރޭގައި ޓްރިންކާއީ ވަނީ އިތުރު ލަނޑެއް ޖަހާ ޕޯޗުގަލް އަށް ކުރި ހޯދަދީފަ އެވެ. އަދި އިތުރު ވަގުތު ދެވަނަ ހާފުގައި ގޮންޒާލޯ ރާމޯސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގައެއް ޕޯޗުގަލް އަށް ކަށާވަރުކޮށްދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
