
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ހުއްޓާލިއިރު ނުބޭއްވިދިޔަ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، މި އަހަރުގެ ޖޫން މަހު ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކޮށްފިއެވެ. އަދި ތިންވަނަ ޑިވިޝަނުން ޕްރޮމޯޓުވާ ކުލަބުތަކާއެކު ދެވަނަ ޑިވިޝަނުގެ ކުޅުން ފަށަން ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަަދެއްގެ ޒުވާނުން އަބަދުވެސް ކުޅެމުން އަންނަ މުބާރާތެކެވެ. އަދި މިމުބާރާތުގައި ޓީމް ބައިވެރިކޮށް އެކުގައި ކުޅެލަން ދިއުމުގެ އަޒުމުގައި ގިނަ އަދަދެއްގެ ކްލަބްތަކެއް މިމުބާރާތުގައި ކޮންމެ އަހަރަކުވެސް ވާދަކުރެއެވެ.
މިއީ މުޅިން އަލަށް ފުޓްބޯޅައިގެ ތެރެއަށް ވަންނަން ބޭނުންވާ ކްލަބްތަކަށްވެސް ހުޅުވާލެވިފައިވާ ހަމައެކަނި ދޮރެވެ.އެންމެ ފަހުން އެފް.އޭ.އެމުން ނެރުނު ޝެޑިއުލުގައި އޮތީ ސީޒަން ފެށުން ރޯދައިގެ ފަހަށް ބަދަލުކޮށްފައެވެ. އަދި ކުޅިވަރު ވުޒާރާއިން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާގެ ފުރަތަމަ އިންސްޓޯލްމެންޓް ވަނީ ކުލަބުތަކަށް ދީފައެވެ. އެގޮތުން ކޮންމެ ކުލަބަކަށް 500،000 ރުފިޔާ ކުޅިވަރު ވުޒާރާއިން ވަނީ ޖަމާކޮށްދީފައެވެ. ސީޒަން ހުޅުވާ މެޗު ނުވަތަ ޗެރިޓީ ޝީލްޑް މެޗު ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހަށެވެ. އަދި ދިވެހި ޕްރިމިއާ ލީގު އޭޕްރީލް 10 ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. އަދި ޕްރެޒިޑެންޓްސް ކަޕް ވަނީ އޮކްޓޯބަރު 20 ވަނަ ދުވަހަށް ބަދަލުކޮށްފައެވެ.
އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީއިން މައުލޫމާތު ދޭގޮތުގައި މިއަހަރު ފުޓްބޯޅަ ސީޒަން ވަނީ ދެ ބަޔަކަށް ބަހާލެވިފައެވެ. މިގޮތުން ޖޫން މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ސީޒަން މެދުކަނޑާލާނީ ކުރު ސީޒަނެއްގެ ގޮތުގައި ސީޒަން ނިންމާލުމަށްފަހުއެވެ. އަދި އޭގެފަހުން އަލުން އާސީޒަނެއް ފަށާގޮތަށް މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. ފުރަތަމަ ޑިވިޝަން ނުވަތަ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ޓީމުތަކުން މިހާރު ވަނީ ފަރިތަކުރުންތައް ފަށާ އާސީޒަންއަށް ތައްޔާރުވާން ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
