
ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ މޮޅުވެފައިވާއިރު ރޭ ފްރާންސްގައި ކުޅުނު މެޗުން ފްރާންސް ވަނީ ހަމަ މި ނަތީޖާއިން މޮޅުވެފަ އެވެ. އެހެންކަމުން މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެރިހުގެ ސްޓޭޑްޑި ފްރާންސްގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ފްރާންސަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
2021 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސް އިން މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު މި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 52 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން މައިކަލް އޮލިސޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ އުސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ އެގްރިގޭޓް ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ޕެނަލްޓީ ޖަހައިގެން ފްރާންސަށް ކުރި ލިބިފައިވަނި 5-4 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ކްރޮއޭޝިއާއިން ޖެހި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ފްރާންސްގެ ކީޕަރު މައިކް މައިގްނަން ވަނީ ދިފާއުކޮށްފަ އެވެ. ނަމަވެސް ފްރާންސްގެ ތިއޯ ހަނާންޑޭޒް އާއި ޖޫލްސް ކޫންޑޭ ގެ ޕެނަލްޓީތައް ނާކާމިޔާބު ވުމާއި ގުޅިގެން އިތުރު ޕެނަލްޓީތަކެއް ވަނީ ޖަހަން ޖެހިފަ އެވެ. އެގޮތުން ކްރޮއޭޝިއާގެ ޖޮސިޕް ސްޓެނިސިޗް ފޮނުވާލި އެ ޓީމުގެ ހަތްވަނަ ޕެނަލްޓީ މައިގްނަން ވަނީ ދިފާއުކޮށްފަ އެވެ. ފްރާންސަށް ކުރި ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑަޔޮޓް އުޕެމަކާނޯ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
