
ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ ޕެނަލްޓީ ޖަހައިގެން ނެދަލަންޑްސް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ރޭ ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވެފައިވުމުގެ ސަބަބުން އިތުރު ވަގުތުގައި ކުޅުމުގައިވެސް ދެ ޓީމުން ކުރެ ކޮންމެ ޓީމަކުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްފަ އެވެ.
ސްޕެއިންގެ މަސްޓެއްލާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 8 ވަނަ މިނިޓުގައި ސްޕެއިން އަށް ލިބުނު ޕެނަލްޓީ އަކުން މިކެލް އޮޔަރްޒަބަލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ޕެނަލްޓީ އަކީ އޭރިޔާ ތެރެއިން އޭނާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ނެދަލޭންޑްސް އަށް ލިބުނު ޕެނަލްޓީ އަކުން މެމްފިސް ޑިޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗެވެ.
ނަމަވެސް އޭގެ 13 މިނިޓް ފަހުން ސްޕެއިންގެ އޮޔަރްޒަބާލް ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ސްޕެއިން އަށް ކުރި ހޯދަދީފަ އެވެ. މި މެޗުގައި ނެދަލޭންޑްސް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 79 ވަނަ މިނިޓުގައި އިއާން މާޓްސެން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭނާ ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ ސްޕެއިން އަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގައި ނެދަލޭންޑްސް އަށް ލިބުނު ޕެނަލްޓީ އަކުން ޒަވީ ސައިމަން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުގައި ސްޕެއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވެފައިވަނީ ލަމީން ޔަމާލް ޖެހި ޕެނަލްޓީ އެވެ. އަދި ނެދަލޭންޑްސްގެ ނޮއާ ލޭންގްގެ އިތުރުން ޑޮންޔެލް މަލެންގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެހެންކަމުން ޕެނަލްޓީއިން ސްޕެއިން އަށް ކުރި ލިބިފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ސެމީ ފައިނަލުގައި ސްޕެއިން އާއި ދެކޮޅަށް ނިކުންނާނީ ފްރާންސް އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
