
ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރިހޯދައި މުބާރާތުގެ ސެމީ ފައިނަލަށް ޖަރުމަން ދަތުރުކޮށްފިއެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޖަރުމަން ވަނީ މޮޅުވެފަ އެވެ. އެހެންކަމުން އެ ޓީމަށް ކުރި ލިބިފައިވަނީ 5-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ޖަރުމަނުގެ ސިގްނަލް އިދޫނާ ޕާކްގައި ފަސްދޮޅަސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަން އިން ވަނީ ތިން ލަނޑު ޖަހާފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ޖަރުމަނުން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖޯޝުއާ ކިމިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ހަ މިނިޓު ފަހުން އިޓަލީގެ ކީޕަރު ޑޮންނަރޫމާއަށް ހެދުނު ބޮޑު ގޯހެއްގައި ފައިދާ ނަގާ ޖަރުމަނުން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ޖަރުމަނުގެ ކްލެއިންޑިއެންސްޓް ފޮނުވާލި ބޯޅައެއް އަތުން ޖަހާ ބޭރަށް ފޮނުވާލުމަށްފަހު ގޯލު ދޫކޮށް ޑޮންނަރޫމާ ރެފްރީ ނުވަތަ އިޓަލީގެ ޑިފެންޑަރުންނާ ދިމާލަށް ދިޔަ ވަގުތުގައި ޖަރުމަނުން ނެގި އަވަސް ކޯނަރެއްގައި ޖަމާލް މުސިއާލާވަނީ ހުހަށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ދެވަނަ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކްލެއިންޑިއެންސްޓް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ އެގްރިގޭޓް ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު އިޓަލީގެ ކޯޗު ސްޕަލޭޓީ ވަނީ ޓީމަށް ދެބަދަލެއް ގެނެސްފަ އެވެ. އެގޮތުން ފްރަޓޭސީ އާއި ޕޮލިޓާނޯ ވަނީ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލުތަކާއިއެކު އެ ޓީމުގެ ކުޅުމަށް ދެވަނަ ހާފުގައިވަނީ ބަދަލުތަކެއް އައިސްފަ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި އެވަޓަންގެ ކުރީގެ ފޯވަޑް މޮއިސް ކީން ވަނީ އިޓަލީއަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ 20 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗުގެ އިންޖަރީ ވަގުތުގެ ފަސްވަނަ މިނިޓުގައި އިޓަލީއަށް ލިބުނު ޕެނަލްޓީ އަކުން ޖިއާކޯމޯ ރަސްޕަޑޯރީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އިތުރު ލަނޑެއް ޖަހާ އެގްރިގޭޓް ނަތީޖާ އެއްވަރު ކުރެވޭނެ ގޮތެއް އެ ޓީމަށް ވަނީ ނުހޯދިފަ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނާއި ދެކޮޅަށް ނިކުންނާނީ ޕޯޗުގަލް އެވެ. އަދި މި މެޗުން މޮޅުވުމާއެކު 2026 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކޮލިފައިންގެ ގްރޫޕް އޭގައި ޖަރުމަނާއިއެކު ދެން ހިމެނެނީ ލަގްޒެމްބާރގް އާއި ނޮދަން އަޔަލެންޑްގެ އިތުރުން ސްލޮވާކިޔާ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
