
(ފޮޓޯ ކްރެޑިޓްސް: ސްކްރިލް)
ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ނޫސްވެރިޔާ، އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ވިޒިޓް މޯލްޑިވްސްއިން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރުގެ ހައިސިއްޔަތުން އޭނާ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށެވެ. ވިޒިޓް މޯލްޑިވްސް ހިއްސާކުރި ޕޯސްޓުގައި ފެބްރިޒީއޯގެ ވީޑިއޯއެއް ވެސް ވަނީ ހިމަނާފައެވެ. އެވީޑިއޯގައި އޭނާ ވަނީ ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ހިތްހަމަޖައްސަލާ އަރާމުކޮށްލަން އެންމެ ރަނގަޅު ތަނަކީ ރާއްޖެ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ރީތިކަން ފެނި ހައިރާންވާ ކަމަށާއި ރާއްޖެއަށް ޒިޔާރަތް ކުރުމުން ހިތްހަމަޖެހުން ލިބޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ފެބްރީޒިއޯ ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.އޭނާ ވަނީ ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއެކު ޚާއްސަ ފުޓްސަލް މެޗެއް ކުޅެފައެވެ.މި މެޗަށްފަހު ދިން އިންޓަވިއުއެއްގައި ފެބްރީޒިއޯ ވަނީ ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި އޭނާގެ ތަޖުރިބާ ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އަދި މޮޅު ކުޅިވަރު ނޫސްވެރިއަކަށް ވުމަށްޓަކައި ކޮންމެހެން ހުންނަން ޖެހޭނެ ސިފަތަކުގެ ވާހަކަވެސް ހިއްސާކުރިއެވެ. ފެބްރީޒިއޯ ބުނީ އޭނާ ދެވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކުރީ ރާއްޖޭގެ މާހައުލު ކަމުދާތީ ކަމަށެވެ. އަދި ހުރިހާ އެންމެނަކީވެސް ވަރަށް ގުޅިގެން ގާތުން މަސައްކަތްކުރާ ބައެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
އިޓަލީގެ ފުޓްބޯޅައިގެ މަގުބޫލު ސިޓީއެއް ކަމަށްވާ މިލާނަށް އުފަން ފަބްރީޒިއޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ހަބަރުތަކަށް ބަލާއިރު، އެންމެ އިތުބާރު ހިފޭ މަސްދަރެެވެ. އަދި ބައެއް މީޑިއާތަކުން ހަބަރެއްގެ ސައްހަކަން ކަށަވަރުކުރަން ބޭނުންކުރާ ވަސީލަތަކީ ފަބްރީޒިއޯ ރޮމާނޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ.މީޑިއާތަކުގައި އޭނާ އަންނަނީ ޓޯކްޝޯތަކުގައި ބައިވެރިވަމުންނެވެ. އަދި ކްލަބްތަކުގެ ރަސްމީ މީޑިއާ ޗެނަލްތަކުގައި ވެސް ފަބްރީޒިއޯ ރޮމާނޯ ބައިވެރިވާ ޝޯތައް ހިނގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
