
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އާސެނަލްގެ ކޯޗުކަމާ މިކޭލް އާޓެޓާ ހަވާލުވިއިރު އޭނާއަށް އެ ކުލަބުން ވަގުތު ދިން ގޮތަށް މެންޗެސްޓާ ޔުނައިޓެޑުން އޭނާއަށް ވަގުތު ނުދޭނެ ކަމަށް ރުބެން އަމޮރިމް ބުނެފިއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި ދެކޮޅަށް އާދިއްތަ ދުވަހު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ އާސެނަލް އަކީ ތަފާތު ކްލަބެއް ކަމަށާއި އެ ކްލަބުން އެކަމުގެ ސަބަބުން އާޓޭޓާ ވަނީ އެ ކްލަބަށް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ.
“އާސެނަލް އިން ވަގުތު ދިން ގޮތަށް އަހަރެންނަށް މެންޗެސްޓަރ ޔުނައިޓެޑްއިން ވަގުތެއް ނުދޭނެ. އެއީ ތަފާތު ކްލަބެއް އަދި އޭގެ ސަބަބުން އާޓޭޓާ ވަނީ ދަތި އުނދަގޫ ކަންތައްތަކަކަށްފަހު އެ ކްލަބަށް ބޮޑު ބަދަލުތަކެއް ގެނެސްފަ.” އަމޮރިމް ބުންޏެވެ. “އެ ހުރިހާ ކަންތައްތަކަކާއި ކުރިމަތިލުމަށްފަހު އާޓޭޓާ ވަނީ ލީގަށް ވާދަކުރެވޭ ހާލަތަށް ކްލަބް ގެންގޮސްފައި. އަދި އެކަމުގެ ސަބަބުން އަހަރެން އޭނާއަށް ފުރިހަމައަށް އިހުތިރާމް ކުރަން.” އަމޮރިމް އިތުރަށް ބުންޏެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު އާޓޭޓާ އާސެނަލްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ އުނެއި އެމެރީ ގެ ބަދަލުގައެވެ. އަދި ޖެހިގެން އައި 2020 ވަނަ އަހަރު އޭނާ ވަނީ އިނގިރޭސި އެފްއޭ ކަޕް އާސެނަލްއަށް ކާމިޔާބުކޮށްދީފަ އެވެ.
އާސެނަލްއާ ދެކޮޅަށް މާދަމާ ޔުނައިޓެޑް ނިކުންނައިރު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން މި މެޗުގައި ކުޅެވޭނެކަމަށް ކިރިޔާވެސް އުންމީދެއް އޮތީ އަމަދް ޑިއާލޯއަށް ކަމަށާއި ނަމަވެސް އަދި އެކަންވެސް ފައިނަލް ނުވާ ކަމަށް އަމޮރިމް ވަނީ ބުނެފައެވެ. މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް މެންޗެސްޓަރ ޔުނައިޓެޑަށް ހޯދިފައިނުވާއިރު މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލް އިން ވަނީ ޕީއެސްވީ އެއިންދޯވެން އަތުން -1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
