
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޗައިނާގެ އެހީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ރަށްރަށުގެ ކައުންސިލްތައް ބައުވުމުގެ ސަބަބުން އައު ކައުންސިލް އިމާރާތްތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ދެ މަޝްރޫއުއެއްގެ ގޮތުގައި މި މަސައްކަތްތައް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއާއި މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްގެންގެންވެސް ކައުންސިލްތައް އިމާރަތް ކުރުމަށް ހަމަޖެހިފައިވެއެވެ.
ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުގައި 50 ކައުންސިލެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު މިއީ ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެކެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ދިރާސާތައް ކުރުމަށް ޗައިނާގެ ޓީމަކުން އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށެވެ. އަދި އެ ދިރާސާތައް ކުރުމަށް 10 ރަށެއް ކަނޑައަޅާފައިވާކަމަށާއި ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިއަހަރުގެ މެދަކާހަމައަށް ދާއިރު އެ މަޝްރޫޢުވެސް ފެށޭނެ. އެ މަސައްކަތް ކުރިއަށްދާނީ 2 ފިޔަވައްސަކަށް. ނަމަވެސް 2 އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމިގެންދާނެ.” ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތް ތަރައްޤީކުރުމަށްޓަކައި ބައެއް ރަށްރަށުގައި މިހާރު ވަނީ ބިންގާވެސް އަޅާފައެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން އަންނަމަހުގެ ތެރޭގައި ކައުންސިލްތައް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށޭނެކަމަށެވެ. އަދި މި މަސައްކަތްތައް ފަށާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބިންގާ އަޅުއްވައިދެއްވި ތަރުތީބުންކަމަށެވެ. “އެންމެ ފުރަތަމަ އެ މަސައްކަތްތައް ފެށިގެން ދާނީ ރ. އަތޮޅުގައި. އެއަށްފަހު ހއ، އަދި ހދ، ގައި. މިއަހަރުގެ ތެރޭގައި ހުރިހާ ކައުންސިލްތަކެއްގެ އުމްރާނީ މަސައްކަތްތައް ފަށައިގަނެވޭނެ.” ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ކައުންސިލްތައް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ތަރައްޤީކުރަނީ ފަންގިފިލާއަށް އަދި 2 ފަންގިފިލާއަށެވެ. ވަޒީރު ވިދަޅުވީ، 1 ފަންގިފިލާއަށް އަޅާ ތަންތަން 1 އަހަރުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި 2 ފަންގިފިލާގެ އިމާރާތްތައް 2 ވަރަކަށް އަހަރުތެރޭ ނިމޭނެކަމަށާއި 2027 ވަނަ އަހަރުގެ މެދާހަމައަށްދާއިރު ހުރިހާ ކައުންސިލް އިދާރާތައް ތަރައްޤީކޮށް ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
