
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދުރު މަންޒިލްތަކަށް ދަތުރުތައް ކުރަން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭ330-200 ގެ އެއާބަސްގެ އިތުރު ބޯޓެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފިއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން މަތިންދާބޯޓު ހޯދަން އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މިއިއުލާނުގެ މުއްދަތު ހަމަވުމާއި އެކީ މޯލްޑިވިއަނުން ވަނީ އިއުލާނުގެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހުގެ 23:59 އަކާއި ހަމައަށް އިތުރު ކޮށްފައެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ނެރުނު އިއުލާނުގައި ބުނީ އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން އިއުލާން ކުރާ ކަމަށެވެ. އިއުލާނުގައި ބުނެފައިވަނީ އެ ބޯޓު ކުއްޔަށް ނަގަން ބޭނުންވަނީ ލީސްއަށް ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. މޯލްޑިވިއަން އިން އޭ330-200ގެ ފުރަތަމަ ރާއްޖެ ގެނެސްފައި ވަނީ ޖެނުއަރީ މަހުއެވެ. އެ ބޯޓުން ދަނީ ޗައިނާގެ ސިޓީތަކަށް ދަތުރުތައް ކުރަމުންނެވެ. މި އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ސަރުކާރުން މިހާރު ނިންމަފައި ވަނީ އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރުގައި ގެނައުމަށެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށްވެސް، ގައުމީ އެއަރލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
