
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އަތޮޅުތެރޭގެ ލޯންޗްތަކާއި ފެރީތަކުން މާލެއަށް ދާ ފަރާތްތަކަށް އާޓާމިނަލްތައް ހަމަޖައްސައިދެއްވުމުން އއ. ތޮއްޑޫ ކައުންސިލްގެ ރައީސް، އަހުމަދު ކަރަމް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފިއެވެ. އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރަށްރަށުން މާލެއަށް ދަތުރު ކުރާ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން، މާލެއާއި އަތޮޅުތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި މި ދެ ޓާމިލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދު ކުރާ ކަމަށެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ކަރަމް ވިދާޅުވީ، ކުރީ ދެ ސަރުކާރުގައި މިކަން ކުރަން ގިނަ އިދާރާތަކާއެކު ވާހަކަ ދެކެވުނު ކަމަށާ އެކަމަކު ނުވި ކަމަށެވެ. އެހެން ކަމުން އެކަން މިސަރުކާރުން ހަމަޖައްސައި ދެއްވުމުން ކަރަމް ވަނީ ރައީސް މުއިއްޒުއަށް ޝުކުރު އަދާ ކުރައްވާފައެވެ. އެމްޓީސީސީން ގަސްދުކޮށްފައިވަނީ މާލޭ ހެންވޭރު ޓާމިނަލް އާއި ހުޅުމާލޭ ޓާމިނަލް ލޯންޗްތަކާއި ފެރީތަކަށް ހުޅުވާލުމަށެވެ. އެމްޓީސީސީން ބުނީ، މި ފަޅު ބޭނުން ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކުންފުނީގެ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ހުށަހެޅުމަށެވެ.
ލޯންޗް ފެރީތަކަސް ހެންވޭރު ޓާމިނަލް އާއި ހުޅުމާލޭ ޓާމިނަލް ހުޅުވާލުމުގެ މަސައްކަތް އެމްޓީސީސީން ފެށިއިރު، އާންމު ގޮތެއްގައި ރަށްރަށަށް ދަތުރު ކުރާ ލޯންޗް ފަހަރުތައް މިހާރު ކައިރި ކުރަނީ ޖުމްހޫރި މައިދީން ކުރިމަތީ ބަނދަރަށެވެ. މި ބަނދަރަށް އެއްފަހަރާ ގިނަ އަދަދެއްގެ ލޯންޗްތައް ކައިރި ކުރުމުން އަރާ ފައިބާ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. އެމްޓީސީސީން މިއަދު ގެންނަން ނިންމި ބަދަލަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގެންނެވި ބަދަލެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
