
(ފޮޓޯ ކްރެޑިޓްސް: ޓޫރިޒަމް މިނިސްޓްރީ)
ޖަރުމަނުވިލާތުގައި ބޭއްވުނު ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ރާއްޖެ ބައިވެރިވެއްޖެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭއްވުނު މި ސަމިޓުގައި ރާއްޖޭގެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. މި މުހިންމު ސަމިޓުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ވަރުގަދަކުރުމާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިނިސްޓަރު ތޯރިގް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، އަމާންކަން ޤާއިމުކުރުމުގެ މުހިންމުކަމާއި، އަދި ގްލޯބަލް ޓޫރިޒަމް ރެސިލިއަންސް ވަރުގަދަކުރުމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޓޫރިޒަމް މިނިސްޓްރީ)
ބާލިންގައި ކުރިއަށްދާ އައިޓީބީ 2025 ގައިވަޒީރު ތޯރިގް ވަނީ އެކި އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ މުހިންމު ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ. މިގޮތުން މިނިސްޓަރު ތޯރިގް ވަނީ ޑްނާޓާއާ ބައްދަލުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އޭވިއޭޝަން ޚިދުމަތްތައް ފުޅާކޮށް، ޕާޓްނަޝިޕްތައް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި ކޮންޑޯ އެއާލައިންއާއެކު ބޭއްވުނު ބައްދަލުވުމުގައި ރާއްޖެއަށް ސީދާ ދަތުރުތައް އިތުރުކުރުމާއި، އާ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެއިތުރުން ގަތަރު އެއަވޭޒްއާއެކު ބޭއްވުނު ބައްދަލުވުމުގައި ރާއްޖެއާ ދެމެދު އެއަރ ކަނެކްޓިވިޓީ އިތުރުކޮށް، ދަތުރުފަތުރުގެ ފުރުސަތުތައް ފަހިކުރުމަށް ސްޓްރެޓެޖިކް ޕާޓްނަޝިޕްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

(ފޮޓޯ ކްރެޑިޓްސް: ޓޫރިޒަމް މިނިސްޓްރީ)
ފާހަގަކޮށްލެވޭ ގޮތުގައި، މި ސަމިޓަކީ ކޮވިޑް-19 ބަލިމަޑުކަމަށްފަހު ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަލުން އާރާސްތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން ބޭއްވުނު އެންމެ މުހިންމު އެއް ބައްދަލުވުމެވެ. ސަމިޓުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނީ ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަމެއް ކުރިއެރުވުމާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފުމާއި، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
