
(ފޮޓޯ ކްރެޑިޓްސް: ޒޭން އިބްރާހީމް)
އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައިގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި ޑެޕިއުޓީ މެނޭޖިންޑިރެކްޓަރު މުހައްމަދު އާރިފް އައްޑޫ ސިޓީއަށް ރޭ ވަޑައިގެންފިއެވެ. ނަޖާހު އާއި އާރިފް އައްޑު ސިޓީއަށް ވަޑައިގަތީ ރޭ ދަންވަރު ވަގުތެއްގައެވެ. އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ގޯސްވެ، ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ދެ ބޭފުޅުން އައްޑޫއަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ގަން އެއާޕޯޓު ސަރަހައްދަށް ބަޔަކު އެއްވެ، ދެ ބޭފުޅުންނާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު “ވަގުތު”އަށް ވިދާޅުވީ ރޭ ދަންވަރު ފެނަކައިގެ ވެރިން އައްޑޫ ސިޓީއަށް ވަޑައިގަތް ކަމަށާއި އެވަގުތު އެއާޕޯޓު ކުރިމަތީގައި ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުން ޝުއޫރު ފާޅުކޮށް ކުރި އިހުތިޖާޖުގެ ފޮޓޯތަކާއި ހަބަރު މީސްމީޑިއާ މެދުވެރިކޮށް ލިބުނު ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
“ރޭގަ ފެނަކައިގެ އެމްޑީ އާއި ޑީއެމްޑީ ވަޑައިގެންނެވި އައްޑޫއަށް. އަޅުގަނޑު ފޭސްބުކުން ދުށިން ކޮންމެވެސް ވަރަކަށް ބަޔަކު އިހުތިޖާޖު ކުރަނިކޮށް. އިތުރު މުޒާހަރާއެއް ކުރަން އުޅޭކަމުގެ އަޑެއް ނީވޭ.” ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން އިހުމާލުވެފައިވާތީ، އިހުތިޖާޖުކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ. ކަރަންޓު މައްސަލައިގައި މިއަދު ހަވީރު 4 އިން 5 އަށް ފެނަކަ ހިތަދޫ ބްރާންޗް ކައިރީގައި މުޒާހަރާއެއް ބޭއްވުމަށް ރާވަމުންދާ ކަމަށްވެއެވެ.
ރޯދަ މަހު އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން ކުރިން ޔަގީންކަން ދިނެވެ. އެކަމަކު، މިހާރު ވެސް ބައެއް އަވަށްތަކުގައި އެއް ގަޑިއިރަށް ދަނީ ކަރަންޓު ކަނޑަމުންނެވެ. އެގޮތުން ރޭ ވެސް އިރުއޮއްސުނު ވަގުތު އެންމެން ރޯދަ ވީއްލުމުގައި އުޅެނިކޮށް ބައެއް ހިސާބުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މި ކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ، ހިތްހަމަނުޖެހުން ފާޅުކުރަން ޖެހުނު މައިގަނޑު ސަބަބެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
