
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން އެ ޖަމިއްޔާގެ އޮޑިޓް ރިޕޯޓްތައް ނެރެން ފަށައިފިއެވެ. އާންމު ރައްޔިތުންގެ އެހީއާއިއެކު ހިންގަމުންދާ އައިއޭސީއިން ވަނީ އަންނަ ހުކުރު ދުވަހުގައި ޣައްޒާގެ ރައްޔިތުންނަށް ބޮޑު ޖާފަތެއް ބޭއްވުމަށް މަސައްކަތްކުރަމުންދާކަން އިއުލާނުކޮށްފައެވެ. އަދި އެ ޖާފަތަށް ޑޮނޭޓްކޮށްދިނުމަށް އެދިފައެވެ. އެ ޕޯސްޓުގައި ގިނަ ބަޔަކު ވަނީ އެ ޖަމިއްޔާއިން އަދިވެސް އޮޑިޓް ރިޕޯޓްތައް ހާމަނުކުރާކަމަށް ހާމަކޮށްފައެވެ.
އެ ކޮމެންޓްތަކާއި ގުޅިގެން އިންޓަނޭޝަނަލް އެއިޓް ކެމްޕޭނުން ވިދާޅުވީ މިހާރު އޮޑިޓް ރިޕޯޓްތައް އާންމުކުރަމުންދާ ކަމަށެވެ. އެގޮތުން 2021 ވަނަ އަހާރާއު 2022 ގެ އޮޑިޓް ރިޕޯޓްތައް މިހާރު އާންމުކޮށްފައިވާނެ ކަމަށެވެ. އަދި 2023 ގެ އޮޑިޓް ރިޕޯޓް ވެސް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އެ ކެމްޕެއިންއިން ވިދާޅުވެއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭނަށް ޑޮނޭޓްކުރާ ފައިސާއަށް ވާގޮތް ނޭންގޭތީ ގިނަ ބަޔަކު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ 2023 ވަނަ އަހަރުގައި ގައްޒާއަށް އެހީވުމަށް އައިއޭސީއިން ހިންގި ބޮޑު ކެމްޕެއިނާއި ގުޅިގެނެވެ. އެ ކަންބޮޑުވުންތަކާއި ގުޅިގެން އައިއޭސީއިން ވިދާޅުވީ ވަރަށް އަވަހަށް އޮޑިޓްތައް އާންމުކުރާނެ ކަމަށެވެ.
އައިއޭސީއިން މިހާރު އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުތައް ދައްކާގޮތުން 2021 ވަނަ އަހަރު އެ ޖަމިއްޔާ އަށް 31.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. އަދި 2022 ވަނަ އަހަރު 20.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލް އޮޑިޓްގައި ހާމަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
