
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާާމުން ހުސްނުއްސުއޫދު ވަކިވެފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ހާމަކޮށްފިއެވެ. ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޝަނުގައި ހުންނެވި ސުއޫދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ. އިސްތިއުފާގެ ސިޓީ ސުއޫދޫ ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކޮށެވެ.
ޖޭއެސްސީއަށް ސުއޫދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ގާނޫނު އަސާސީއަށް ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ގާނޫން އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ 2008 ގެ ގާނޫނު އަސާސީގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފުވުމުގެ ސަބަބުން ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއްކަމަށް ބުނެ ގާނޫނު އަސާސީއަށް ގެނެވުނު އެ އިސްލާހް ބާތިލުކުރުމަށް ދައުލަތަށް ދައުވާ ލިބޭ ގޮތަށް ރާއްޖޭގެ ސުޕްރީމް ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހެޅު މައްސަލަ ބެލުމުގެ އިހްތިސާސް ގާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.
ޖޭޢެސްސީއަށް ސުއޫދު ފޮނުއްވި ސިޓީ ލިބުނުކަން ހާމަކޮށް އެ ކޮމިޝަނުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ފަނޑިޔާރުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާތީ، އިއްޔެއިން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށެވެ. “ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ސ.މީދޫ ހަސަންކާރިގެ، އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން 04 މާރިޗު 2025 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވެއެވެ.” ޖޭއެސްސީން ބުންޏެވެ.
ހުސްނުއްސުއޫދަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ. ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 8، 2019 ގައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
