
(ފޮޓޯ ކްރެޑިޓްސް: އިންޑިއާ ހައިކޮމިޝަން)
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ޕްރޮމޯޓް ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާ ކުރުމުންދާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް ވިދާޅުވެއްޖެއެވެ. އިންޑިއާ ސަފީރު ވަނީ މިކަމާއި ގުޅިގެން ދިވެހި ސަރުކާރާއެކު މަޝްވަރާކުރެވިފައިވާކަން ހާމަކުރައްވާފައެވެ.
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުން ވަނީ ކުންފުންޏެއް އުފައްދާފައެވެ. މިކުންފުނި އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެއެވެ.
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓު ކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދައި އެކުންފުނިން މަސްވެރިކަން އިޝްތިހާރު ކުރުމަށް މިއަހަރު މަސައްކަތްތަކެއް ކުރެވޭނެކަން ވަނީ ހާމަކޮށްފައެވެ. ގއ. ގެމަނަފުށީގެ އައިސް ޕްލާންޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން އިންޑިއާ ސަފީރު ޖީ. ބާލަސުބްރަމަނިއަމް ވަނީ މަސްވެރިކަން ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ މި ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކުރެވިފައިވާކަން ހާމަކޮށްފައެވެ.
“އަޅުގަނޑާއި މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމާއި އެކު ބޭއްވި ބައްދަލުވުމުގައި، މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކާއި ގުޅުން ބަދަހިކުރުމާއި ގުޅޭ މަޝްވަރާތައް ކުރެވުނު. އަޅުގަނޑުމެންގެ އެބަހުރި ކޮޗިންގައި “މެރައިން ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމެންޓް އޭޖެންސީއެއް. އަޅުގަނޑުމެން މަސައްކަތް ކުރާނަން ރާއްޖޭގެ މަސްވެރިކަމުގެ ޕްރޮމޯޝަން އޭޖެންސީއާއި ގާތް ގުޅުމެއް އުފައްދަން. އޭރުން ރާއްޖޭގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރެވޭނެ ” އިންޑިއާ ސަފީރު ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓު ކުރުމަށް އިންޑިއާއިން އެހީވެދޭނެކަން ހާމަކޮށްފައިވާއިރު، އެ ޤައުމުގެ އެހީގައި ރާއްޖޭގެ ރާއްޖޭގެ 6 ސަރަހައްދެއްގައި މަސް ފެކްޓަރީ ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިންޑިއާ ސަފީރު ވިދާޅުވީ މިމަސައްކަތަކާއިއެކު، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން އަދި ދިވެހި ސަރުކާރުން އިސްކަން ދޭ ދާއިރާތަކަށް އެހީވުމަށް އިނޑިއާއިން ތައްޔާރަށް އޮތް ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އިންޑިއާއިން އެހީތެރިވެދޭއިރު، މިއަހަރު ތެރޭ މަސްވެރިކަމުގެ ފެއަރތަކުގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މަސްވެރިކަމުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުުރަން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުންފުނިން މަސައްކަތް ކޮށްދޭނެ ކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
