
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އެމަނިކުފާނު މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިންނަވަނީ މިނިވަންކަމާއެކު ކަމަށާއި އެއްވެސް ކަމަކަށް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަކަށް ބަހުސް ހިނގަމުން ދަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އަބްދުއްރަހީމަށް އިޝާރާތް ކުރައްވައި ވިދާޅުވީ “ބަޑި ބައިންދާފައި އިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއް” މެދުވެރިކޮށް ކަންކަން ކުރަމުންދާ ކަމަށެވެ.
މީކާއިލްގެ މި ވާހަކައަށް ރައްދު ދެއްވަމުން، އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅެއް މެމްބަރަކަށް އެނގިވަޑައެއް ނުގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިންނެވީ މިނިވަންކަމާއެކު ކަމަށާއި، އެ މަގާމަށް އިންތިޚާބުކުރެއްވީ މަޖިލީހުގެ މެމްބަރުން ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑަށް ހުރަހެއް މިތަނުގައި އެއްވެސް ކަމަކަށް ނެތް. އެހެންވީމާ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރުގެ މައިކު ބޭނުން ނުކުރެއްވުމަށް ތަކުރާރުކޮށް ދަންނަވަން،” އަބްދުއްރަހީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މީގެ ރައްދުގައި މީކާއިލް ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މައިކުގައި އަޑު ހުރިހާ ހިނދަކު އަޑު އިއްވަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ސަރުކާރުން އުޅޭ ކަމަށް ވިދާޅުވެ، މަޖިލިސް ރައީސްގެ ހާލުކޮޅު ވެސް މިއަދު ރައްޔިތުންނަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
“އިއްޒަތްތެރި ރައީސްގެ ދަރިފުޅަށް ހަދާލި ގޮތާއި، އާއިލާގެ ބޭބޭފުޅުންނަށް ހަދާލި ގޮތާއި، އަދި އިއްޒަތްތެރި ރައީސް މެދުވެރިކޮށް އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމުތަކަށް..” މި ހިސާބަށް މީކާއިލް ވިދާޅުވުމުން އަބްދުއްރަހީމް ވަނީ މީކާއިލްގެ ވާހަކަ މެދުކަނޑާލައްވައި ރިޕޯޓާ ގުޅޭގޮތުން ބަހުސްކުރެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
މި ބަހުސް ހިނގަމުންދިޔައީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ކުއްލި ގޮތަކަށް ވަކިކުރި ފަހުން، އަބްދުއްރަހީމާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެވޭ ދަނޑިވަޅެއްގައެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު އަބްދުއްރަހީމް ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް މުއިއްޒާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ މި ދައުރު ސަރުކާރުން ފޮނުވަން ހުރި ބިލުތަކާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
