
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ. ކުޑަހުވަދޫގައި ކޮމާޝަލް ބަނދަރެއް ނުވަތަ ޕޯޓް ގާއިމުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ރޭ ހަވާލުކޮށްފިއެވެ. ކުޑަހުވަދޫގައި އޮތް ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދުއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާންއެވެ. ކުޑަހުވަދޫގައި ގާއިމުކުރާ މި ޕޯޓުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކެވެ. މި ޕޯޓާއެކު އެރަށުގެ މުސަތަގްބަލުގައި ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީވެ، އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ މަގުތައް ފަހިވެގެންދާނެއެވެ.
އެމްޕީއެލުން މި ޕޯޓް ތަރައްގީކުރާ އިރު ކޮމާޝަލް ޕޯޓުން އެކި ޚިދުމަތްތައް ލިބޭ ގޮތަށް ތަރައްގީ ކުރަން ވަނީ ނިންމާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި ކުޑަހުވަދޫގައި ބޮންޑަޑް ވެއާހައުސް ހަދައި އިތުރު ޚިދުމަތް ތައާރަފް ކުރުމަކީ އެކުންފުނީގެ ވިސްނުމެއް ކަމަށް އެމްޕީއެލުން ވަނީ ވިދާޅުވެފައެވެ. ކުޑަހުވަދޫއަކީ އާބަން ސެންޓަރުތައް ތަރައްގީ ކުރުމަށް ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ހަތް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެހެންކަމުން އެމަނިކުފާނު އެރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ އިތުރުންވެސް އެރަށް އާބަން ސެންޓަރަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް މިދައުރުގައި ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ޕޯޓް ތަރައްގީވެގެން ދިޔުމުން އޭގެ ނަފާ އާއި އިގްތިސާދީ ކުރިއެރުން ރައްޔިތުންނަށް ލިބިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުދީ ރަށުގައި އިތުރަށް ހައުސިން މަޝްރުއުތައް ހިންގާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
