
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިއަހަރު ނިމުމުގެ ކުރިން ދ. ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމެއް ޤާއިމުކޮށް ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދ. ކުޑަހުވަދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ ކޮމާޝަލް ބަނދަރު ނުވަތަ ޕޯޓުގެ ޕްރޮޖެކްޓަކީ ސަރަހައްދުގެ ގޮތުން ބަލާއިރު ވަރަށް ބޭނުންތެރި އަދި ފައިދާކުރުވަނިވި ޕްރޮޖެކްޓެއް ކަމަށާއި މި މަޝްރޫއުގެ މަސައްކަތްތައް މި ދައުރުގައި ނިންމާފައި ރައްޔިތުންނާއި ބަނދަރު ހަވާލުކުރާނެ ކަމަށެވެ.
“އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދޭ ޔަޤީންކަމަކީ މި ވިޔަފާރި ބަނދަރު ތިބޭފުޅުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި މިދައުރުތެރޭގައި ހަދައި އަޅުގަނޑު ދައްކަ ދޭނަމޭ.” ރައީސް ވިދާޅުވިއެވެ. ކުޑަހުވަދޫގައި ބީއެމްއެލްގެ އާ އިމާރާތުގެ ބިންގާ އެޅިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބީއެމްއެލުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. އާ އިމާރާތާ އެކީ އެރަށުގައި އޭޓީއެމްތައް ޤާއިމުކުރާއިރު ޑޮލަރު ނެގޭނެ އޭޓީއެމެއްވެސް ޤާއިމުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“މިއަހަރު ނިމުމުގެ ކުރީގައި މިރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ލިބިގެންދާނެ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ވިޔަފާރީގެ ފުރުސަތުތައް މިގޮތަށް އިތުރުވެގެން ދިޔުމުން އޭގެ އިޤްތިސޯދީ ކުރިއެރުމާއި ނަފާ ލިބޭނީ ރައްޔިތުންނަށެވެ. މީގެއިތުރުން ރަށުގެ ބަނދަރުގެ ޖާގަ ބޮޑުވެގެން ދިޔުމަކީ މަސްވެރިންނަށާއި ވިޔަފާރިވެރިންނަށް އަދި ޚިދުމަތް ހޯދުމަށް ރަށަށް އަންނަ ފަރާތްތަކަށް މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ. މި މަސައްކަތް އެމްޓިސީސީއާ ހަވާލުކޮށްގެން ކުރިޔަށްދާއިރު، ބަނދަރުގެ ޖާގަ ބޮޑުކުރެވިގެންދާނެ ކަމަށާއި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަހަރު ނިމިގެންދާއިރު، ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ނިސްބަތުން ކުނި މެނޭޖްކުރެވޭނެ އިންތިޒާމު ޤާއިމުކުރެވިގެންދާނެ ކަމަށާއި މިއަހަރު ޖުލައި މަސް ނިމުމުގެ ކުރިން ކުޑަހުވަދޫގައި ވެމްކޯގެ ޚިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް މުއިއްޒުގެ ސިޔާސަތްތަކުގެ ތެރެއިން ކުޑަހުވަދޫއަށް ކުރަން އެމަނިކުފާނު ވައުދުވި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށާއި މަޝްރޫއުތައްވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެރަށުގައި މިއަދު އަލަން ފެށި ހޮސްޕިޓަލުގެ މަޝްރޫއުވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް އަވަހަށް ނިންމައިދޭނެ ކަމަށް ވިދާޅުވިއެވެ. “ވައުދުތައް އެކަންޏެއް ނޫން އަޅުގަނޑު ކުރިޔަށްގެންދާނީ، އޭގެއިތުރަށްވެސް އާބަން ސެންޓަރެއްގެ ފުރިހަމަ ގޮތުގައި މި ރަށް ތަރައްޤީކުރަން ހުރި ކަންކަން ކުރާނަން.” ރައީސް ވިދާޅުވިއެވެ.
އާބާދީ އެއްފަސް ކުރުމުގައި ކުޑަހުވަދޫގައި ކާމިޔާބު މަޝްރޫއުތައް ހިންގާފައިވީނަމަވެސް ހައްލުނުވާ ކުދިކުދި ކަންކަން ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވާނީގެ ރައްޔިތުން ކުޑަހުވަދޫއަށް ބަދަލުކުރަން އުޅުނުނަމަވެސް އެ މައްސަލައަށްވެސް އަދި އެއްކޮށް ހައްލެއް ލިބިފައި ނުވާ ކަމަށާއި މައްސަލަ ހައްލު ނުވާ 13 އާއިލާއަށް ހައްޤު ހޯދައިދިނުމުގައި މި ސަރުކާރުން ވަރަށް ސަމާލުކަން ދީގެން ދާއިމީ ހައްލެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މިއަހަރަކީ ކުޑަހުވަދޫއަށް ވެފައިވާ ވައުދުތަކާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ އަމަލީ ގޮތުން ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސާނެ އަހަރަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
