
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރަަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ. މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް ކުރިއަށް އޮތް ރޯދަ މަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެެވެ. އއ. މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންނަށް އިތުރު އެހީތެރިކަން ދެއްވާނެ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ، ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދިނުމެވެ. އެއީ މިދިޔަ އަހަރު ވެސް ރައްޔިތުންނަށް ލިބުނު ލުޔެއް ކަން ފާހަގަ ކުރައްވައި، ކުރިއަށް އޮތް ރޯދަ މަހު ވެސް އެ ޑިސްކައުންޓް ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވީ، ކުރިން ޖަލްސާގައި ދެންނެވި ގޮތަށް ކުރިން ރަމަޟަން މަހު ދިން ގޮތަށް، މި ރަމަޟާން މަހު ވެސް ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަަމަށާއި، އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
“އެހެންވީމަ ކިހިނެއްތޯ ދޮގު ހަދައިގެން އޮޅުވާލެވޭނީ، ދޮގު ހެދީމަ، އެއީ ދޮގެއްކަން ދެނެގަތުމަކީ އަޑުއަހާ މީހެއްގެ ޒިންމާއެއް، މީހަކު ހަަމަ ދައްކާހާ ވާހަކައެއް ބަލައިލުމެއް ނެތި ގަބޫލު ކުރުމަކީ ދީނީ ގޮތުންވެސް ހުއްދަ ކަމަކަށް ނުވޭ،”. ރޯދައާ ގުޅިގެން ރައީސް މީގެ ކުރިން ނިންމެވި ކަންކަމާއި ގުޅިގެން ހަގީގަތް އޮޅުވާލައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ރައީސް މިރޭ ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު މީގެކުރިން އިއުލާން ކުރެއްވި ގޮތުގައި ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސް ދަޅު ކޭހެއް ދިނުމަށް ނިންމަވައިފައެވެ. އަދި އެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މި ހަދިޔާގެ އިތުރުން ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. މި ސަރުކާރުން ވަނީ ރޯދަ މަހުގެ ފަހު 10 އެއީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
