
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހަތަރު ހާސް ފްލެޓްގެ ކަންތައް ނިންމާ ލިސްޓް މި ހަފްތާ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުގެ ދައުރުނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކޮށްފައެވެ. ލިސްޓު އާންމު ކުރުމާއި އެކީ ގިނަ ބައެއްގެ ޝަކުވާތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވާފައެވެ. އަދި މިދިޔަ ސަރުކާރުގެ އެ ވުޒާރާއިންވެސް ވަނީ އޭސީސީގެ އެންގުމާއި އެއްގޮތަށް ފްލެޓް ދޫކުރުން މެދުކަނޑާލާފައިވާކަން ހާމަކޮށްފައެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ އެ ވުޒާރާއަށް ހުއްދަ ދީފައެވެ. މިއާއެކު ފްލެޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތްތައް ކަމާ ގުޅުން ހުރި ވުޒާރާތަކުން ދަނީ ކުރަމުންނެވެ. ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަން ދެނީ މިދިޔަ ސަރުކާރުން ފަށާފައި ހުރި ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި، ދޭން ނިންމާފައި ހުރި ގޯތިތަކާއި ފްލެޓްތައްވެސް ދިނުމާއި އެކީގައި، މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑަައަޅާފައި ހުރި މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދަން ކަމަށެވެ.
“އެގޮތުން ބަލާއިރުގައި އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް ދެންނެވިން، ހުޅުމާލޭގައި އަޅަން ފަށާފައި ހުރި 4،000 ފްލެޓަށް ހޮވޭނެ ފަރާތްތަށް ކަނޑާއަޅައި، ރޯދަ މަސް އައުމުގެ ކުރިން އިއުލާން ކުރާނަމޭ، އެ މަސައްކަތް ދަނީ އެގޮތަށް ބާރަށް، މި ހަފްތާ ނިމުމުގެ ކުރީގައި އަޅުގަނޑު ރިޔާސީ ބަޔާނުގައި ޔަގީންކަން ދިން ގޮތަށް އެއިރު އިއުލާން ކުރެވުނު 4،000 ޔުނިޓުގެ ލިސްޓު، އަޅުގަނޑުމެން ބަލަން ޖެހޭ މައްސަލަތައް، އޭސީސީން ފާހަގަކުރި ކަންކަން ބަލާަފައި އެ ލިސްޓް އިއުލާން ކުރާނެ ކަމުގެ ޔަގީންކަން މިރޭވެސް އަޅުގަަނޑު ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް ޔަގީންކަން ދެން،”. ރައީސް ވިދާޅުވިއެވެ.
މިއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ.މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. މިއީ ޖާގަ ތަނަވަސް އެޕާޓްމެންޓްތަކަށް ވާއިރު، އެފްޑީސީން ވިދާޅުވީ އާންމުންނަށް ފެލްޓްތައް ހަވާލުކޮށް، މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކޮންމެ އިމާރާތެއްގަައިވެސް އަސާސީ ހިދުމަތްތަައް ލިބޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
