
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މިދިޔަ މެނޭޖްމެންޓުން ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެތައް ޢަމަލުތަކެއް ހާމަވެއްޖެއެވެ. މި ކަންކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މިިދިޔަ މެނޭޖްމެންޓުން ކޮށްފައިވާ ނަހަމަ ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައް ހާމަކުރައްވައި އެކުންފުނިން ނެރުނު ބަޔާނުގައި ވަނީ، މިދިޔަ މެނޭޖުމަންޓުން، އެކުންފުނީގެ ވަޒީފާއަށް އިޢުލާން ނުކޮށް، އިންޓަވިއުކުރުމެއްވެސް ނެތި، މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރުގެ ދަށުންކަމަށް ބުނެ މެރިޓް އުޞޫލުގެ ބޭރުން 49 މީހަކަށް ވަޒީފާ ދީފައިވާކަކަމަށެވެ. އަދި ވަޒީފާ ދިން މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަރަށް ސީނިއަރ މަގާމުތައްދީ، އުޞޫލުން ބޭރުން ވަޒީފާދިން މީހުންނަށް ކުންފުނީގެ ގިނަ ދުވަސްވީ ވެރިންނަށާއި މުވައްޒަފުންނަށް ވުރެ ބޮޑު މުސާރާ ދީފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް މި ގޮތަށް ވަޒީފާ ދިނުމަކީ މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި، މިކަން ކުރުމަށް ހިއުމަން ރިސޯސަސް ޕޮލިސީއަށް ގެނައި ބަދަލުތައް އަލުން އަނބުރާ އިސްލާޙުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގާފައިވާކަމަށްވެސް ޕޯސްޓު ލިމިޓެޑުގެ ބަޔާނުގައިވެއެވެ. އަދި އެޗްއާރު ޕޮލިސީ މިދިޔަ މެނޭޖެމެންޓުން އިސްލާޙުކޮށްފައިނުވާ ކަމަށާއި ޕޮލިސީ އިސްލާޙުކުރީ މިހާރުގެ މެނޭޖްމެންޓުންކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤާއިމްކޮށްފައިވާ ޕޯސްޓް އޮފީހުގެ ފިހާރައަށް މުދާ ސަޕްލައިކުރުމުގެ އެއްބަސްވުމެއް ޖަމްޢިއްޔަތު ތަޙްފީޒްލް ޤުރުއާނުލް ކަރީމް ކިޔާ ޤުރުއާން ހިތުދަސްކޮށްދޭ ކުލާހަކާއެކު މިދިޔަ މެނޭޖްމެންޓުން ހަދާފައިވާކަމަށް ބަޔާނުގައިވެއެވެ. އަދި ޖަމްޢިއްޔަތު ތަޙްފީޒްލް ޤުރުއާނުލް ކަރީމްއަކީ މުދާ ސަޕްލައިކޮށްދޭ ފަރާތަކަށް ނުވުމުން މިހާރުގެ މެނޭޖްމެންޓުން އެ އެއްބަސްވުން އުވާލާފައިވާކަމަށްވެސް ބަޔާނުގައި ވިދާޅުވިއެވެ.
އަދި ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ އިސްވެރިން ގަޑިޖެހޭ ގަޑިއަކީ 8:31 ކަމަށާއި ގަޑި ޖެހިއްޖެނަމަ ގަޑިލާރި ނުނެގޭނެކަމަށް ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމާ ޚިލާފަށް މިދިޔަ މެނޭޖްމެންޓުގައި ސިޔާސީ މުވައްޒަފުންނަށް ގަޑި ނުޖެހުމުން ދޭ ފައިސާ “ގަޑި ލާރި” ދިންކަމަށް ބަޔާނުގައިވެއެވެ. އެ ގޮތުން ކިތަންމެ ލަހުން ޑިއުޓީއަށް އަޔަސް އެޗްއާރު ސިސްޓަމްގެ ތެރެއިން ގަޑި ބަދަލުކޮށް “ގަޑި ލާރި”ދީފައިވާކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް އަދުގެ މެނޭޖްމެންޓުން ޢަމަލުކުރަމުންދަނީ ރައީސް އޮފީހުގެ އެންގެވުމާ އެއްގޮތަށްކަމަށްވެސް ބަޔާނުގައިވެއެވެ. މީގެ އިތުރުން ނިމިދިޔަ މެނޭޖްމެންޓުން ސިންގަލް ސޯސްކޮށްގެން ބޮޑު އަގުގައި ކުންފުނީގެ އެއަރކޯން ސިސްޓަމް މަރާމާރުކޮށް ބެލެހެއްޓުމަށް ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެ އެއްބަސްވުން މިއަދުގެ މެނޭޖްމެންތުން އުވާލާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި މިހާރު ވާދަވެރި ބިޑިންގެ އުޞޫލުން އެއަރކޯންގެ މަސައްކަތައް ޕްރޮކިޔުމަންޓުކުރަމުންދާކަމަށްވެސް ބަޔާނުގައިވެއެވެ.
ޕޯސްޓް އޮފީހުން ނެރުނު ބަޔާނުގައި އެ ކުންފުންޏާއާ މެދު ބައެއް ފަރާތްތަކުންކުރަމުންދާ ތުހުމަތުތައްވެސް ދޮގުކުރައްވާފައިވެއެވެ. އެގޮތުންޤާބިލު ނޫން މީހުން އެކުންފުނި ހިންގާކަމަށް ބުނެކުރާ ތުހުމަތު ދޮގުކުރައްވާފައިވެއެވެ. އަދި މެނޭޖިން ޑިރެކްޓަރގެ ގާތް މުވައްޒަފުންނަށް އިންޓާނަލް ރެކްރޫމަންޓުގެ ނަމުގައި ޕްރޮމޯޝަން ދޭކަމަށް ބުނެ ދައްކާ ވާހަކަތައްވެސް ދޮގުކޮށްފައިވެއެވެ. އަދި މިހާރުގެ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާފައިވާ އަދަދަށްވުރެ ބޮޑު މުސާރައެއް ނަގާކަމަށް ކުރާ ތުހުމަތާއި، ކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތަކެއް ހިންގާކަމަށް ބުނެ އެ ފަދަ ޢަމަލުތަކެއް ވިސުލްބްލޯކުރި މީހަކު ކުންފުނިން ވަކިކުރިކަމަށް ބުނާ ވާހަކަތައްވެސް ބަޔާނުގައި ދޮގުކޮށްފައިވެއެވެ. ޕޯސްޓް އޮފީހުގެ އިތުރުން މިދިޔަ ސަރުކާރުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެތައް ޢަމަލެއް ބައެއް ކުންފުނިތަކުން ހިންގާފައިވާކަން ހާމަވެފައިވެއެވެ. އެ ގޮތުން ބޮޑު އަގުގައި އެމްޑީޕީ ސަރުކާރުގެ މަސްލަހަތު އޮންނަ ވެރިންނަށް އެކި މަޝްރޫޢުތައް ހިންގުމަށް ކޮންޓްރެކްޓުދިނުމާއި ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުން ފަދަ ތުހުމަތުތައް ފެންމަތިވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
