
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް ހުރިހާ އެންމެން ވެސް ހަގީގަތާ އެއްގޮތަށް ވާހަކަ ދެއްކުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި މާހެފުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ވިދާޅުވީ ކުރިއަށް އޮތީ ބަރަކާތްތެރި މަހަކަށްވާތީ ފިތުނަ ފަސާދަ އުފެދޭ ކަންކަމަށް އާންމުން ހޭލުންތެރިވާން ޖެހޭ ކަމަށެވެ. ހާއްސަކޮށް ނޫސްތަކާއި ޓީވީތަކާއި މީސް މީޑިއާގެ އެކިއެކި ޕްލެޓްފޯމްގައި ވާހަކަތައް ދައްކާއިރުގައި ހަގީގަތާ އެއްގޮތަށް ވާހަކަތައް ފެތުރުމަކީ ގައުމުގެ މަސްލަހަތަށް މިއަދު ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ތެދާއި ދޮގާ މި ދޭތި އޮޅުވާލުމުގެ ސަބަބުން ގައުމެއް، އާއިލާތަކެއް، އިންސާނުންތަކެއް ފަސާދަވެގެން ހިނގައިދާނެ ކަމެއް.” ފަލާހް ވިދާޅުވިއެވެ. “އެހެންވީމަ މި ގައުމުގެ ހަމަޖެހުމާއި ލާބައަށްޓަކައި މި ގައުމަށް މިއަދު އެންމެ މުހިންމު އެއް ކަމަކީ އަޅުގަނޑުމެންގެ ނޫސްތަކާއި މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާ އެއްގޮތަށް ދެކެވޭ ވާހަކަތަކެއް ކަން ނޫސްވެރިން ވެސް އަދި މީސް މީޑިއާގެ ވާހަކަ ދައްކާ ވަކިވަކި ފަރުދުން ވެސް އެ ވާހަކަތައް ހަގީގަތާ އެއްގޮތަށް ހާމަކުރުމަކީ ވަރަށް މުހިންމު ކަމެއް،”

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަ ދައްކާ ނަމަ، ރައްޔިތުންގެ ދޭތެރޭގައި އޮންނަ ގުޅުމާއި ރައްޔިތުންނާއި ސަރުކާރާ ދެމެދު އަދި ދޭދޭ ފަރުދުންގެ މެދުގައި ވަރަށް ބޮޑެތި މައްސަލަތައް ޖެހި، ހަގީގަތާ ހިލާފަށް ކަންކަން ހިނގުމަކީ ހިނގައިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މާހެފުން އިންތިޒާމު ކުރުމުގައި ޕީއެންސީގެ އަންހެނުންގެ ހަރަކާތާއި ލީޑަޝިޕުން ކުރި މަސައްކަތް ފާހަގަ ކުރައްވައި ފަލާހް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
