
މިއަހަރުގެ ރަމަޟާންމަހު އިތުރުވާ ކަރަންޓް ކެޕޭސިޓީއާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އިތުރު ޖަނަރޭޓަރތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ހުޅުމާލޭގައެވެ.
ސްޓެލްކޯއިން ކުރިއަށްގެންދާ މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ރަމަޟާންމަހު ގޭބީސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާންމަހު ޕީކްގައި 114 މެގަވޯޓަށް ކަރަންޓް ބޭނުންކޮށްފައިވާކަމަށެވެ. މިއަހަރު އެ ކުންފުނިން އަންދާޒާކުރަނީ ޕީކް ގަޑިތަކުގައި 132 މެގަވޯޓަށް ކަރަންޓް ބޭނުންކުރާ މިންވަރު އަރައިގެންދާނެކަމަށެވެ. އެހެންކަމުން މިއީ 17 މެގަވޮޓްގެ އިތުރުވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމަށް ސްޓެލްކޯއިން މިހާރު ތައްޔާރުވަމުން އަންނަކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި މަސައްކަތް ރަމަޟާންމަސް ފެށުމުގެ ކުރިން ނިމޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. “އަޅުގަނޑުމެން މިވަގުތު ހުޅުމާލޭގައި މިކުރާ މަސައްކަތަކީ ރޯދަމަހާއި ދިމާކޮށް ހޫނު މޫސުންވެސް މިއަންނަނީ އެހެންވީމަ ހޫނު މޫސުމަށް އިތުރު 17 މެގަވޮޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ. އަޅުގަނޑުމެން ތަންކޮޅެއް ލަހުން މި މަސައްކަތް ފެށި ސަބަބަކީ އަޅުގަނޑުމެންނަށް ބިން ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު. އެހެންނަމަވެސް ސްޓެލްކޯއިން މިވަނީ މިކަމަށް ވާންޖެހޭ ހުރިހައި ތައްޔާރީތައް ވެފައި”. ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ މިކަމަށް ބޭނުންވާ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލް މިހާރު އެ ކުންފުންޏަށް ލިބިފައިވާކަމަށެވެ. ކުރިއަށްއޮތް 8 ވަރަކަށް ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލްކޮށް ޚިދުމަތްދޭން ފެށޭނެކަމަށެވެ. މި ރޯދަމަހު ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެކަމުގެ ޔަޤީންކަން ފަހުމީ ވަނީ ދެއްވާފައެވެ. ސްޓެލްކޯއިން މިތަނުގައި ބަހައްޓަނީ 13 މެގަވޯޓްގެ 2 ޖަނަރޭޓަރެވެ. ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން ކަރަންޓް އިޤްތިޟާދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކުރިއަށްއޮތް ރަމާޟާންމަހުގެ ތެރޭގައި ގޭބީސީތަކުން ވަރަށް ބޮޑަށްވެސް ކަރަންޓް އިޤްތިޞާދުކުރުމަށް އެ ކުންފުނިން އެދިވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
