
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ޓޯކަންއެއް މެދުވެރިކޮށް ނެގޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ވީހާވެސް ލުއި ފަސޭހަ ގޮތަކަށް މަސްދަޅު ކޭސް ރައްޔިތުންނަށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެކަމަށް ޚާއްސަ ޕޯޓަލްއެއް، (https://roadhahadhiya.mv/) ގާއިމްކޮށް އާންމުކޮށްފައެވެ.
މި ޕޯޓަލްގައި ހިމެނޭ ކޯޑު ސްކޭންކޮށްގެން މިއަދު 18:00ގެ ފަހުން މަސް ދަޅު ކޭސް ނަގަން ބޭނުންވާ މަރުކަޒަކާއި ވަގުތު އިޚްތިޔާރުކޮށް ޓޯކަންއެއް ނަގާލެވޭނެއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ދެން މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށްކަމަށެވެ. ސަބަބަކީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުންކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ސަރުކާރުން ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދުކުރާ މަސްދަޅު ކޭސް، ހުރިހާ ގޭބިސީއަކަށް ލިބެންދެން ބެހުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށެވެ.
Roadha Hadhiyaa Portal. https://t.co/dbPD7s8gqv
18.00 in feshigen portal in token dhookuran fesheyne.
— Adam Shareef Umar (@Adamshareefz) February 22, 2025
މަސްދަޅުކޭސް ދޫކުރާނެ ތަންތަނާއި ދޫކުރާނެ ޓޯކަންގެ އަދަދު:
- މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން
- އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން
- ހެންވޭރު ދަނޑު: 100 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން
- ސޯޝަލް ސެންޓަރު : 100 ޓޯކަން
- ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން
- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން
- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން
- ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން
- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން
މަސްދަޅުކޭސް ބަލައި އަންނައިރު އެ ފަރާތެއްގެ އައި.ޑީ.ކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންނަންޖެހޭނެއެވެ. އަދި، އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ، (3 މީޓަރަށް) 3 މަސްދަޅު ކޭހެވެ. ފުރަތަމަ ދުވަހުވެސް މާލެ ސަރަހައްދުގެ 9394 ގޭބީސީއަކަށް މަސްދަޅު ކޭސް ބަހާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
