
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ބެހުމަށް ޓޯކަން ނިޒާމެއް ތައާރަފް ކުރަން ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ނިންމައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން އެކި ސަރަހައްދުތަކުގައި ގިނަ ބަޔަކު ކިއޫގައި ޖެހުނެވެ. ކިއޫގައި ގިނައިރު ތިބެން ޖެހުމުން ވަރަށް ގިނަ ބަޔަކު އެކަމާ ޝަކުވާ ވެސް ކުރިއެވެ. އެ ޝަކުވާތަކަށް ހައްލު ގެނައުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ވަނީ ފަށައިފައެވެ.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވިދާޅުވީ ކިއޫގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް، ވަކި މަރުކަޒަކުން ޓޯކަން ނެގޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ. މިކަމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތަފްސީލް އިއުލާން ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މަސްދަޅު ކޭސް ބަލައި އަންނައިރު، އެ ފަރާތެއްގެ އައިޑީ ކާޑާއި އެއް މަހުގެ ކަރަންޓު ބިލް ގެންނަން ޖެހެއެވެ. އަދި އެކަކަށް އެންމެ ގިނަވެގެން ދޫކުރެވޭނީ ތިން މަސްދަޅު ކޭހެވެ. މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނީ ކޮންމެ ރެއެއްގެ 8:00 އިން ފެށިގެން ދަންވަރު 12:00 ޖަހަންދެނެވެ. މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ މަރުކަޒުތަކުގައި ކޮންމެ ދުވަހަކު ހެން 50 އިން ފެށިގެން 200 އާ ހަމައަށް ޓޯކަން ނަންބަރުތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަސްދަޅު ދޫކުރާ ތަންތަން:
1- މިފްކޯ މައި އިމާރާތް- 200 ޓޯކަން
2- އެމްޓީސީސީ ސޯމިލް- 200 ޓޯކަން
3- ހެންވޭރު ދަނޑު- 100 ޓޯކަން
4- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން
5- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން
6- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން
7- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން
8- ސޯޝަލް ސެންޓަރު- 100 ޓޯކަން
9- ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން
10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން
11- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން
12- ހުޅުމާލެ ހިޔާ ޓަވަރު 10- 100 ޓޯކަން
13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން
މިނިސްޓްރީން ވިދާޅުވީ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރެވެން ދެން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ފޯނު ފަދަ ތަކެތި ބޭނުން ކުރުމަށް ދަތިތަކެއް ހުރެދާނެ މީހުންނަށް ވެސް ދައްޗެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން އެފަދަ ދަތިކަމެއް އޮތް މީހަކު ނަމަ، މަރުކަޒަކަށް ގޮސް، އެ ތަނުގައި ތިބި މުވައްޒަފުންގެ އެހީތެރިކަން ހޯދޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. “މިފަދަ ކަންކަމުގައި ހުރިހާ ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުވެރިވާ ހާލު، ސަރުކާރުގެ އަމާޒަކީ ވީ އެންމެ ލުއި ފަސޭހަ ގޮތެއްގައި ރޯދަ ހަދިޔާ ފޯރުކޮށްދިނުން ކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ.” މިނިސްޓްރީން ވިދާޅުވިއެވެ.
މި ރޯދަމަހު މަސްދަޅު ކޭސް ގޭގެ އަށް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައެވެ. ކޮންމެ ގެއަކަށް ވެސް ދިނީ 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
