
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ވެރިކަން ކުރާ ޕީއެންސީން ރައްޔިތުންނަށް ބޮޑު މާހެފުމެއް ރޭ ދީފައެވެ. މިއީ ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން އިންތިޒާމްކޮށްގެން، އާޓިފިޝަލް ބީޗުގައި ބޭއްވި މާހެފުމެކެވެ. މި މާހެފުމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި މި މާހެފުމުގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ހަފްލާގައި ހުރާ ދާއިރާގެ ޕީއެންސީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ރަމަޟާން މަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ގިނަ ސަވާބާއި ދަރުމަ ލިބޭ މަހެއް ކަން ފާހަގަ ކުރެއްވިއެވެ. އެހެންވެ، ކޮންމެ ދުވަހަކު ވެސް ހިފާ ރޯދަ އެންމެ ފުރިހަމަ ގޮތުގައި ހިފުން މުހިންމު ކަމުގައި އަނާރާ ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވިދާޅުވީ ރަމަޟާން މަސް ދިވެހިންނާ ބައްދަލު ކުރާއިރު، ނޫސްތަކާއި ޓީވީތަކާއި ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި ދޮގު ހަބަރު ފެތުރުމާއި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ގައުމުގައި އޮތް ހަމަޖެހުމަށް އިސްކަން ދިނުމަށާއި ހަމަނުޖެހުން ނަގާލަން މަސައްކަތް ނުކުރަން ފަލާހް އެދިވަޑައިގެންނެވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޕީއެންސީގެ މާހެފުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކުރިން އޮތެވެ. އެކަމަކު، ރަސްމީ ޝެޑިއުލްއަށް އައި ބަދަލަކާ ގުޅިގެން އެމަނިކުފާނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
