
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުން ކޮންމެ ގެއަކަށް ދޭން ނިންމި މަސްދަޅު ކޭހުގެ އަގު ކަރަންޓު ބިލްގައި ހިމަނައިގެން ބިލް ބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ހިލޭ ދިނުމަށެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށް ބަލައިގެންނެވެ. މިކަން ކުރަނީ ގޭބިސީތަކުގެ ކަރަންޓު އަގު ބޮޑުކުރަން ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކިއުގައި ޖެހިގެން ނަމަވެސް ރޯދަޔަށް މަސްދަޅު ކޭހެއް ހިލޭ ލިބޭނެ ގޮތްވުން އެއީ ބިކަވެ ގޮތްހުސްވެފައި ތިބި ދިވެހި ރައްޔިތުންނަށް ލިބުނު ނިއުމަތެއް ކަމަށެވެ. ކަރަންޓި ބިލަށް މަސްދަޅުގެ އަގު އެއްކުރުމުގެ ބަދަލުގަ އެހެން ގޮތެއް ރައީސް ހޯއްދަވާނެކަމަަށް އުންމީދު ކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ކަރަންޓު ބިލަށް މަސްދަޅު ކޭހުގެ އަގު މި ސަރުކާރުން ނުލާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލުޔެއް ލިބޭ ކަމެއް ކުރާއިރަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަން ފަށާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
“ކަރަންޓް ބިލަށް މަސްދަޅު ކޭހުގެ އަގު މިސަރުކާރުން ނުލާނެ.ރައްޔިތުންގެ ޖީބަށް ލުއި ލިބޭކަމެއް މިސަރުކާރުން ކުރާ ކޮންމެ ފަހަރަކު ވެރިކަން ކުރުމަށް ނިޔަތްގަނެގެން އުޅޭ އަޅުގަނޑުމެންގެ ފިކުރާ އިދިކޮޅު ވެރިންގެ ލޮލަށް ނިދިނައިސްގެން މިއުޅެނީ ކީއްވެބާއޭ އަޅުގަނޑު ހިތަށް އަރާ.” ޝުޖާއު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުން ކޮންމެ ގެއަކަށް ދޭން ނިންމި މަސްދަޅު ކޭސް، މާލެ ސަރަހައްދުގައި ބަހާނެ 13 ތަނެއް މިހާރު ވަނީ ހަމަޖައްސައިފައެވެ. އެއީ ދިވެހިންގެ ގިނަ ބަޔަކު މަސްދަޅު ކޭސް ހޯދުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކިއޫގައި ޖެހުމުންނެވެ.
މި ތަންތަނުގެ ތެރޭގައި ހިމެނެނީ:
ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑި ބަރި ކައިރި
ސޯޝަލް ސެންޓަރު
ހެންވޭރު ދަނޑު
މިފްކޯގެ އޮފީސް ހުންނަ ސަރަހައްދު
އެމްޓީސީސީ ސޯމިލް
ވިލިމާލެ ވެމްކޯ ސައިޓް
ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން
ހުޅުމާލެ، ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރު
ހުޅުމާލެ ފޭސް 1 އަދި 2 ގައި އިތުރު ދެ ތަން
އާދަމް ޝަރީފް ވިދާޅުވީ ދިގު ކިއޫއަށް ނޭރިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެބްރުއަރީ 28 ގެ ނިޔަލަށް މިކަން ކުރިއަށް ދާނެ ކަމަށް ކުރިން އިއުލާން ކުރި ނަމަވެސް ހުރިހާ ގޭބިސީއަކަށް ލިބެންދެން މިކަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
