
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުންދާ މަންޒަރު ފެންނަ ކަމަށާއި މި އަހަރު އިގްތިސާދަށް %6.4 ގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އިގްތިސާދު ކުރިއަރަމުން ނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އިގްތިސާދު ދަނީ ކުރިއަރަމުން ކަމަށެވެ.
“ލަފާކުރާ ފިގާއެއް އެއީ 6.4 އިންސައްތަނަމަ ދެން ކުއާޓަލީ މެޝާ ކުރަނީ. ކުރިއަރާނެ ކަމަށް ބެލެވެނީ”” ސައީދު ވިދާޅުވިއެވެ.
ސައީދު އެގޮތަށް ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއްޔެ ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ މަންޒަރު ނުފެންނަ ކަމަށާއި، ދައުލަތުގެ ޚަރަދުތައް ކުޑަކުރެވިގެންދާ ތަންވެސް ނުފެންނަ ކަމަށެވެ. މި ކަންބޮޑުވުންތަކާމެދު ދަންނަވާނެ އެއްޗެއް ނޭނގޭ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމްވެސް ވަނީ ގައުމުގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ގައުމު އޮތް ހާލަތު ކިޔައި ދޭންޖެހޭ ކަމަށާއި، އިގްތިސާދު ރަނގަޅުވާނީ ސަރުކާރުގެ ފޯމެޓަށް ބަދަލުތަކެއް ގެނެވިގެން ކަމަށެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހު ބަލައިގަނެފައިވާ ޖުމުލަ އާމްދަނީއަކީ 3.34 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 އިންސައްތަ ދަށް އަދަދެކެވެ. އަދި ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 19 އިންސައްތަ ދަށްވެފައިވާކަން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންވެސް ވަނީ ފާހަގަކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރައީސް ޑރ. މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މިއަހަރު ބަޖެޓު ޑެފިސިޓް 9.4 ބިލިޔަން ރުފިޔާއަށް ކުޑަކުރުމަކީ އަމާޒެއް ކަމަށެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ޓަކައި، ދައުލަތުގެ އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އޭގެ ހެޔޮ އަސަރު މިހާރު ވަނީ ދައުލަތުގެ މާލިއްޔަތަށާއި ބޭރު ފައިސާގެ ރިޒާވަށް ކުރަން ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
