
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރަމަޟާން މަހަށް ހާއްސަކޮށް އިގްތިސާދީ ތަރައްގީއާ ބެހޭ ވިޔަފާރިއާބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަކީ ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރުން ނޫން ކަމަށާއި ބޭނުމަކީ ތަކެތީގެ އަގު އުފުލިގެން ދިޔަ ނުދިނުން ކަމަށް ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ މައިގަނޑު މަގްސަދަކީ އަގުތައް ކޮންޓްރޯލް ކުރުން ނޫން ކަމަށާއި ބޭނުމަކީ އަގުތައް ބޮޑުވިޔަ ނުދީ ބެލެހެއްޓުން ކަމަށެވެ. ކާބޯތަކެތީގެ ޝޯޓޭޖެއް ނެތި އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 134 ބާވަތެއްގެ އަގު ގާތުން ބަލާނެ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
“އަގުތައް ކޮންޓްރޯލް ކުރުން ނޫން މީގެ މަގްސަދަކީ. ރަމަޟާންމަހުގެ ދުވަސްވަރު (ރަމަޟާންމަހުގެ 30 ދުވަހާއި ހަ ރޯދަ) ކޮންސިއުމް ކުރާ އަދަދުތައް އެތައް ގުނައަކަށް އިތުރުވެގެންދޭ. އެހެންވީމާ އެދުވަސްވަރު އާދަޔާ ޚިލާފަށް ރީޒަންއެއް ނެތި އެއްވެސް ބާވަތެއްގެ އަގު އުފުލިގެންދާ ކަމަށްވާ ނަމަ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ އިންޓަވީން ކުރަން.” ސައީދު ވިދާޅުވިއެވެ.
ރަމަޟާން މަހަށް ހާއްސަކޮށް ރާއްޖެ އެތެރެކުރާ މުދާތައްވެސް ރައްކޭކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ކަނޑައެޅޭ ސަރަހައްދުތަކުގައި ކޯލްޑްސްޓޯރޭޖް އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނަށް ހެޔޮ އަގުގައި ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓުތައް ހަދައި ތަކެތީގެ އަގުތައް ރައްޔިތުންނަށް އޮންލައިންކޮށް ބެލޭ ގޮތަށް އޮންލައިން ޕްލެޓްފޯމެއްވެސް ދަނީ ތައްޔާރުކުރަމުންނެވެ. އަދި އަގުތައް ބޮޑުވާނަމަ ރައްޔިތުންނަށް ރިޕޯޓްކުރެވޭގޮތްވެސް ދަނީ ހަދަމުންނެވެ.
އެސްޓީއޯ އިން ވެސް ވަނީ ރޯދަމަހާ ދިމާކޮށް 24 ބާވަތެއް މިހާރު ވެސް ބާޒާރަށް ނެރުމަށް ނިންމައިފައެވެ. އެގޮތުން އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، ބިސް އަލުވި، ކާށި، ކަދުރު، ތަރުކާރީ އަދި މޭވާގެ ތެރޭގައި ހިމެނޭ ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ ބާޒާރަށް ނެރޭނެއެވެ. ޕްރޮސެސްޑް ކާނާގެ ތެރެއިން ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު، ކެއްކުމަށް ބޭނުންކުރާ ތަކެތި ކަމަށްވާ ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ ވެސް އެސްޓީއޯ އިން ބާޒާރަށް ނެރޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
