
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް ހާއްސަކޮށް މަތީ ތަޢުލީމު ދިނުމުގެ ޕްރޮގްރާމެއް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ފަށައިފިއެވެ، މަޖިލީހުގެ މެންބަރުންނަށް ޝަރީޢާ އެންޑް ލޯގެ އެޑްވާންސްޑް ސެޓްފިކެޓް ކޯހެއް ހިންގުމަށް އެއްބަސްވުމެއްގައި މިހާރު ވަނީ ސޮައިކޮށްފައެވެ.
މި ކޯހަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކިޔަވައިދޭ ކޯހެއް ކަމަށްވާއިރު، މީގައި މަޖިލީހުގެ 8 މެންބަރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. ކޯހުގައި ބައިވެރިވާ މެންބަރުންނާއި މަޖިލީހުގެ އިސްވެރިން ވަނީ އައިޔޫއެމްގެ އިސްވެރިންނާއެކު ބައްދަލުކުރައްވައި، ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ ބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. މަޖިލީހުގެ ރައީސް ޢަބްދުﷲ ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ މި ކޯހުގެ މައިގަނޑު މަޤްޞަދަކީ 20 ވަނަ މަޖިލީހަކީ މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ، ޤާބިލު މެންބަރުންތަކެއް ތިބި މަޖިލީހަކަށް ހެދުން ކަމަށެވެ. އަދި މަޖިލީހަކީ އިލްމީ ގޮތުން މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހަކަށް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މީގެއިތުރުން، މަޖިލީހުގެ އިދާރާއިން ބުނެފައިވާ ގޮތުގައި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ ކޯހެއް ފެށުމުގެ އިދާރީ މަސައްކަތްތައްވެސް އައިޔޫއެމްއާ ގުޅިގެން ކުރިއަށްދާނެއެވެ. އައިޔޫއެމުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެއްގައި މަޖިލީހުގެ އަށް މެމްބަރަކު ބައިވެރިވެ މިއަދު ވަނީ ކިޔަވަން ވެސް ފަށައިފައެވެ. މިއީ ވެސް ސީދާ މަޖިލިސް މެމްބަރުންނަށް ހާއްސަކޮށް އޮންލައިންކޮށް ފެށި ޕްރޮގްރާމެކެވެ.
އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ އެޑްވާންސް ސެޓްފިކެޓް ޕްރޮގްރާމް ނިމުމުން ޑިގްރީ ޕްރޮގްރާމްގައި މަޖިލިސް މެމްބަރުންނަށް ބައިވެރިވެވޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
