
ހުރިހާ އިޖުރާއަތަށް ފުރިހަމަކޮށް، ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ. ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިންއެވެ.
ނަމަވެސް ސުޕްރީމް ކޯޓުގައި މިއަދު ފެށި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އިޖުރާއީ ގިނަ ނުކުތާތަކެއް ނަންގަވައިފައެވެ. އަދި އެ މައްސަލަތައް ނުބެލޭނެ ސަބަބުތައް ސުޕްރީމް ކޯޓުން މީގެކުރިން ނެރުނު ހުކުމްތަކަށް ރިއާޔަތްކޮށް ތަފްސީލްކޮށްދީފައިވެއެވެ. އެ ތަފްސީލްތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ ބަންޑާރަ ނައިބުގެ ވަކީލުންނާ ގިނަ ސުވާލުތަކެއް ވެސް އަމާޒު ކުރައްވައިފައެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން ފާތިމަތު ހަލީމް ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ރައްޔިތުންގެ މަޖިލިހަށް ލިބިދޭ ބާރެއް ކަމަށާއި ގާނޫނުއަސާސީއަށް ބަދަލު ގެނައީ އިޖުރާއަތުތައް ފުރިހަމަކޮށް 78 މެމްބަރުން ވޯޓު ދެއްވައިގެން ކަމަށެވެ.
އަދި މަޖިލިހުގެ ނިންމުމާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު ތަސްދީގު ކުރެއްވި ކަން ފާހަގަ ކުރެއްވިއެވެ. ފާތިމަތު ވިދާޅުވި ގޮތުގައި އަލީ ހުސެއިން ހުށަހެޅުއްވި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނުފެތެއެވެ. ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެއް ކަމަށާއި އިޖުރާއަތުގެ ތެރެއިން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަލީ ހުސައިން ކޯޓުގައި އެދިވަޑައިގެންފައިވަނީ މި އިސްލާޙަކީ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް މި އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙު ބާތިލުކުރުމަށް އެދި ހުށަހެޅިފައިވާ މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބަލަން ފެށި އިރު، މި މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 ގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މައްސަލައިގެ ބަލަހައްޓަ ވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނެވެ. ބެންޗުގައި ދެން ތިއްބަވާނީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔަރު ހުސްނުއްސުއްސުއޫދު، ފަނޑިޔާރު ޢަލީ ރަޝީދު ހުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
