
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ޑަބަލް ޕެންޝަން އުވާލުމަކީ ސަރުކާތުގެ ރީފޯމް އެޖެންޑާގައި ހިމެނޭ މުހިންމު ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. މާލިއްޔަތު ކޮމިޓީގައި ޕެންޝަނާ ގުޅޭ މައްސަލައެއް މަޝްވަރާކުރެވެމުން ދަނިކޮށް ނާޒިމް ވިދާޅުވީ ގައުމުގެ އިޤްތިސާދީ ހާލަތު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި ޚަރަދު ކުރުމުގެ ފިޔަވަޅުތައް އިތުރުކުރަން އެބަޖެހޭ ކަމަށެވެ.
އޭނާގެ ވާހަކަފުޅުގައި ޑަބަލް ޕެންޝަން އުވާލުމަކީވެސް ޚަރަދުތައް ކުޑަކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަން ވަނީ ފާހަގަކުރައްވާފައެވެ.
“(ޕެންޝަން) ރިފޯމަކީ މިއީ އައިއެމްއެފްއިން ވެސް ވާލްޑްބޭންކުން މި ރާއްޖޭގެ އިގުތިސޯދީ ރިފޯމް އެޖެންޑާ ތެރޭގައި ތަންފީޒުކުރަން ބުނެފައި އޮތް އިސްލާހެއް އެ އިސްލާހަކީ، އެއީ ވަރަށް މުހިންމު އިސްލާހެއް، ސަބަބަކީ އެކި ގޮތްގޮތަށް ރިޓަޔާކުރެވޭ މީހުންތަކެއް މި އުޅެނީ އިނގޭތޯ އެކި ގާނޫނުގެ ދަށުން. އެންމެންނަށް އެއް ގޮތަކަށް ނެތޭ. މިސާލަކަށް ދަންނަވަންޏާ ފުލުހުން ވެސް ސިފައިން ވެސް އެބަ ރިޓަޔާކުރެވޭ. އަނެއްކާ ރިޓަޔާކުރައްވާފައި އެހެން މަގާމުތަކަށް ވެސް އެބަ ދެވޭ.”، ނާޒިމު ވިދާޅުވިއެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން ދިނުމުގައި ހުރި ތަފާތުތައް ނައްތާލުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލަފާދޭތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް، އެ މައްސަލަ ޙައްލުވާ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަލަށް ރިޓަޔާ ކުރާ މީހުންނަށް ދައުލަތުން މަހުންމަހަށް ދޭ އެލަވަންސް ކަނޑާލުމަށް ނިންމި ނިންމުން އަނބުރާ ގެންދެވިކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ޕެންޝަން ނިޒާމުގައި ހުރި ތަފާތުކުރުންތައް ނައްތާލައި ޑަބަލް ޕެންޝަން އުވާލުމަކީ ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހިމެނޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި މައްސަލަ ޙައްލުކުރުމަށްޓަކައި، ނާޒިމް ހުށަހަޅުއްވާފައިވަނީ ރިފޯމް ކޮމިޝަނަރާ މާލިއްޔަތު ކޮމިޓީން ބައްދަލުކޮށް، ރިފޯމްތައް ގެނައުމަށް ކަނޑައަޅާފައިވާ ޓައިމްލައިނެއް ސާފުކޮށް، އެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓަރުވެސް ކޮމިޓީއަށް ހާޒިރުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
