
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު އަންނަ މާޗު މަހުގެ 19 ވަނަ ދުވަހު ކުޅުމަށް ހަމަޖައްސައިފިއެވެ. މި މެޗު ކުޅޭނީ އިންޑިޔާގެ ޝިލޮންގްގައިވާ ޖަވާހިރްލާލް ނެހްރޫ ސްޓޭޑިއަމުގަ އެވެ. މި މެޗަކީ ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ރައުންޑަށް ތައްޔާރުވުމުގެ ގޮތުން އިންޑިޔާ ކުޅޭ މެޗެކެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، އޭގެ ހަ ދުވަސް ފަހުން ބަނގަލްދޭޝްއާ ދެކޮޅަށް ކޮލިފައިން މެޗެއްގައި އިންޑިޔާ ނުކުންނާނެ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ރައުންޑްގައި އިންޑިޔާ ހިމެނެނީ ގްރޫޕް ސީގަ އެވެ. އެއީ ހޮންކޮން އާއި ސިންގަޕޫރު އަދި ބަނގްލަދޭޝްއާ އެކުގަ އެވެ.އިންޑިޔާ މެޗަށް ދިވެހިރާއްޖެ އަދި ތައްޔާރުވާކަށް ނުފަށަ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވެސް މިވަގުތު އޮތީ 2023 ވަނަ އަހަރު ނިމުނު ފަހުން އަދި ފެށޭގޮތް ނުވެފަ އެވެ.
ރާއްޖެ އެންމެ ފަހުން ކުޅެފައިވާ މެޗަކީ މިދިޔަ އަހަރު ބަނގްލަދޭޝްއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗެވެ. މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ފަހު މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
