
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހައުސިން ފައިނޭންސިން ފެސިލިޓީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. ބީއެމްއެލް އިސްލާމިކް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ޑިރެކްޓަ އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް، ބަދުރުއްދީން ހަސަން ވިދާޅުވީ އެ ފެސިލިޓީތަކަށް ބަދަލު ގެނައީ ކަސްޓަމަރުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
“އަޅުގަނޑުމެން މި ގެނައި ބަދަލުތަކާ އެކު، ގެދޮރު ބިނާ ކުރުމާއި މަރާމާތު ކުރުމަށް މިހާރަށް ބުރެ ބޮޑު ފުރުސަތުތަކެއް ލިބިގެން ދާނެ. މިކަމުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާ އިން އިތުރު ކުންފުނިތައް އުފެދި، ނުސީދާ ގޮތެއްގައި ވެސް އިގްތިސާދީ ހެޔޮ ބަދަލުތަކެއް އަންނާނެ،” އޭނާ ވިދާޅުވި އެވެ. ބީއެމްއެލް އިން ހައުސިން ފައިނޭންސިން އަށް މި ފަހަރު ގެނައި ބަދަލުތަކުގެ ދަށުން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިން ބިމާއި ޕާކިން ސްޕޭސް ގަނެވޭނެ އެވެ. މީގެ ކުރިން އެ ފެސިލިޓީން ގަނެވެނީ، އެޕާޓްމަންޓާއި ސިންގަލް ޔުނިޓް އަދި ރޯ ހައުސް އެކަންޏެވެ.

(ފޮޓޯ ކްރެޑިޓްސް: މިހާރު)
މިއަދުން ފެށިގެން ގެނައި ބަދަލުތަކުގެ ތެރޭގައި ފައިނޭންސިން ފެސިލިޓީ ނެގުމުގައި ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ވަނީ ކުޑަކޮށްފަ އެވެ. އަދި ތިން މިލިއަން ރުފިޔާއާ ހަމައަށް 10 ޕަސެންޓު ޑައުންޕޭމަންޓަކާ އެކު ލޯނު ނެގޭނެ އެވެ. މީގެ އިތުރުން، ތިން މިލިއަން އާއި ފަސްމިލިއަންއާ ދެމެދުގެ ލޯނެއް 15 ޕަސެންޓުގެ ޑައުންޕޭމަންޓު ދެއްކުމަށް ފަހު އަދި ފަސް މިލިއަން ރުފިޔާ އިން މަތީގެ ލޯނެއް 20 ޕަސެންޓު ޑައުންޕޭމަންޓު ދައްކާ ގޮތަށް ލިބޭނެ އެވެ. މި ލޯނު ނެގުމަށް ޑައުންޕޭމަންޓަށް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ހުރި ފައިސާ ބޭނުން ކުރެވޭނެ އެވެ.
އިއްޔެ ގެނައި ބަދަލުތަކުގެ ދަށުން އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިން ފެސިލިޓީ އަނބުރާ ދައްކަން ޖެހޭ މުއްދަތު 15 އަހަރުން 20 އަހަރަށް ވަނީ އިތުރުކޮށްފަ އެވެ. އޭގެ ސަބަބުން ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދު ކުޑަވާނެ އެވެ. މީގެ ކުރިން އާމްދަނީ ހޯދަން ގެދޮރު ހަދަން ނަގަން ޖެހޭނީ ރިއަލްއެސްޓޭޓް ފައިނޭންސިން އެވެ. މިއަދު ގެނައި ބަދަލާ އެކު، ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން ނެގޭނެ އެވެ. އަދި ހޯމް ބިލްޑް ފައިނޭންސިން އަށް ގެނައި ބަދަލުން އިތުރު ރަހުނަކާ ނުލައި އެ ލޯނު ނެގޭނެ އެވެ.
މީގެ ކުރިން އެއް މިލިއަން ރުފިޔާގެ ހޯމް ހައުސިން ލޯނު ނެގުމަށް 26،000ރ. ގެ އާމްދަނީއެއް ބޭނުންވި ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާ އެކު، ދެ މީހުން ނުވަތަ ތިން މީހުންގެ އާމްދަނީގެ ޖުމްލަ އަދަދު 22،000ރ. އަށް އަރާ ނަމަ ލޯނަށް ޝަރުތު ހަމަވާނެ އެވެ. މިއީ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ގެދޮރު އިމާރާތްކުރުމަށް އެންމެ ކުޑަ ރޭޓެއްގައި ދޫކުރާ ހައުސިން ލޯނުތައްކަން ގެނައި ބަދަލެއް ކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
