
ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތް މި ހިނގާ ފެބްރުއަރީ މަހު 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް އަންގައިފިއެވެ. މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވަނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދިނުމާ ގުޅޭ މުހިންމު އިރުޝާދުތަކެއް ދައުލަތުގެ އިދާރާތަކަށް އަންގާފައެވެ. މި އިރުޝާދުތައް ހިމެނޭ ސާކިއުލާއެއް މިއަދު ނެރެ، އިނާޔަތުގެ ފައިސާ ފެބްރުއަރީ 20 ގެ ކުރިން ދިނުމަށް އަންގާފައިވެއެވެ.
ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭންވާނެއެވެ. އެހެންނަމަވެސް، އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުންނެވެ. މީގެއިތުރުން، ރަމަޟާން މަސް ފެށޭއިރު “ޕޭ ލީވް” (ސްކޮލަޝިޕް މުވައްޒަފުން) އަދި “ނޯ ޕޭ ލީވް” ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދިނުމަށް އަންގާފައިވެއެވެ. ނަމަވެސް، މިފަދަ ލީވްއެއްގައި ހުރި މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް އަންގާފައިވެއެވެ.
ކަލަންޑަރުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 1 މާރިޗު 2025 އެވެ. ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތް ރޯދަ މަސް ފެށިމުގެ ކުރިން ދޭން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމު މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިހުތިޔާރު ލިބިގެންވާ ކަމެއް ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އެ އިހުތިޔާރުގެ ދަށުން، ރޯދަ އިނާޔަތް ދިނުމުގައި ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނާ މެދު އަމަލުކުރަން ޖެހެނީ ދިވެހި މުވައްޒަފުންނާ މެދު އަމަލުކުރަން ބަޔާން ކޮށްފައިވާ ގޮތުގެ މަތީންނެވެ.
ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހެނީ ގާނޫނުގެ ދަށުން ދިވެހި މުވައްޒަފުންނާ މެދު އަމަލުކުރަން ނިންމާ އުސޫލުގެ ދަށުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
