
(ފޮޓޯ ކްރެޑިޓްސް: ރައްުޔިތުންގެ މަޖިލިސް)
ޓެކްސީ ޑްރައިވަރުންނަށް އިހުމާލުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ފަލާހް މިހެން ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ސުލްހަވެރި އިހުތިޖާޖަށް ހުރަސް އަޅައި ޓެކްސީތައް ޓޯކޮށް، ޓެކްސީ ޚިދުމަތްދޭ މީހުންގެ އަސާސީ ހައްގަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
ފަލާހް ވިދާޅުވި ގޮތުގައި މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށްް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ވަޑައިގެން އެންމެ ބޮޑަށް ފާހަގަކުރެއްވީ މިހާ ހިސާބަށް މައްސަލަ އައީ ނިމިދިގެން ދިޔަ އެމްޑީޕީ ވެރިކަމުގައި ކަމެވެ. ޓެކްސީ ޑްރައިވަރުންނަށް ދިމާވި ނިކަމެތިކަމާއި ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ސަރުކާރުން އެ ފަރާތްތަކާއި މެދު އަމަލުކުރި ނުބައި ކަންތައްތައް އެ ޖަމިއްޔާއިން އިގްތިސޯދީ ކޮމިޓީގައި ދެންނެވި ކަމަށް ވިދާޅުވިއެވެ.
“ފަސް އަހަރު ވެރިކަމެއް ކުރަމުން އައިސް 2023 އައިރު ޓެކްސީ ޑްރައިވަރުން އެންމެ ބޮޑަށް އެމްޑީޕީ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރީ. ކިހާ ރަނގަޅަށް ޓެކްސީ ޑްރައިވަރުންނާއި މެދު އަމަލުކުރެވުނީމަތޯ މިހެން ދިމާވާނީ. ޓެކްސީ ޑްރައިވަރުން ތިބީ ބޯޑު ހިފައިގެން އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ބަދަލުކުރަން ޖެހޭ އެބަ ކޮންމެ އަގެއް ދީގެންނޭ ކިޔައިގެން. އެހެންވީމަ އެމްޑީޕީ ސަރުކާރުން ޓެކްސީ ޑްރައިވަރުންނަށް އިހުމާލުވީ އެބޭފުޅުން ކުރަމުން އައި މަސައްކަތަށް ހުރަސް އެޅީ.” ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑަިއިގެން ޓެކްސީ ޑްރައިވަރުން ކަމުގައި ވިޔަސް އަދި އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ބޭފުޅުން ކަމުގައި ވިޔަސް އެ ހުރިހާ ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުމަށް މަސައްކަތް ކޮށްދެއްވަމުންދާ ކަމަށެވެ. ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޯށްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ނޫޅޭ ކަމަށް ވިދާޅުވިއެވެ. އަދި ފަލާހް ވިދާޅުވީ ޓެކްސީ ޑްރަިއވަރުންނަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވަރަށް ކައިރިން ބައްލަވަމުން އެކަންކަން ހައްލުކުރެއްވުމަށް މެދުނުކެނޑި މަސައްކަތް ކުރައްވަމުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
