
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މަސްވެރި ސިނާއަތަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި ސިނާއަތަށް ހެދިއްޖެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. “އެމްއެމް” ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓްގައި މަސް ހުންނަ އަގަށް މިފްކޯއިން މަސް ގަންނަން ފެށުމުން މަސްވެރި ސިނާއަތުގައި އޮންނަ ވާދަވެރިކަން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސިނާއަތަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރަށް ބަރޯސާ ނުވެ މިފްކޯ ހިންގޭނެ މާހައުލެއް މިހާރު އެބައޮތް ކަމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއާއެކު، ބޭރުގެ އިންވެސްޓަރުންނާއި ބޭންކްތަކުން މަސްވެރި ސިނާއަތަށް ކުރާ އިތުބާރު ބޮޑު ކަމަށް ވިދާޅުވިއެވެ.
“މަސްވެރި ސިނާއަތަކީ މިއީ ބޭރުގެ އިންވެސްޓަރުންނާއި ބޭންކްތަކުންވެސް އިންވެސްޓްކުރާނެ ސިނާއަތެއްގެ ގޮތުގައި އެއްކަލަ ސަރުކާރަށް ބަރޯސާ ނުވާ ގޮތަށް މިފްކޯވެސް އޮޕަރޭޓްކުރަން އެ މާހައުލު އެ އުފެއްދެވީ. ހަމަ އެއާއެކު އެ މާހައުލު އުފެދުމާއެކީގައި އެހެން ކުންފުނިތަށްވެސް މީގެ ތެރެއަށް އައީމާ ބޭރުގެ އިންވެސްޓަރުންނަށް އެބަ އެނގޭ މިއީ ރާއްޖޭގައި އިންވެސްޓްކުރަން ރަނގަޅު ދާއިރާއެއްކަން، ރަނގަޅު ސިނާއަތެއް ކަން. ބޭންކްތަކުން ޖެހިލުމެއް ނުވޭ މަސްވެރި ސިނާއަތަށް ލޯނުތައް ދޭކަށް” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތުން މިއަދު މި ފެންނަ ހެޔޮ ބަދަލުތަކަކީ އިހްލާސްތެރިކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަމުގެ ނަތީޖާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
