
ކ. ގުޅީގައި ވެމްކޯގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފެށުމާ ގުޅިގެން، އެ ރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެްޓާބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގުޅީގައި ވެމްކޯގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ގުޅީއަކީ މިހާރުވެސް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ރަށެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އެހެންކަމުން، ކުނީގެ މައްސަލައަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވެމްކޯގެ ޚިދުމަތް ފެށުމާއެކު ކުނި ނެގުމާއި މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ކުނި އުކާލުމުގެ ނިޒާމު ހަރުދަނާވެ، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅެއް އެޅިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
“ވެމްކޯއިން ވަނީ ފާއިތުވެދިޔަ އެއް އަހަރު ދުވަސްތެރޭ ރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް އެ ކުންފުނީގެ ޚިދުމަތް ފުޅާކޮށްފައި. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކ.ގުޅީގައިވެސް މި ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ފެށިފައި.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެމްކޯއިން ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް އެ ކުންފުނީގެ ޚިދުމަތް ފުޅާކޮށްފައި ކަމަށާއި ރައީސް ޑރ، މުއިއްޒުގެ ވައުދާ އެއްގޮތަށް ކ. ގުޅީގައިވެސް މި ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ވެމްކޯގެ އައު އިސްނެގުންތަކުގެ ތެރޭގައި މާލެއިން ގެންނަ ކުނި ކޮންޓެއިނަރައިޒްކުރުމުގެ މަސައްކަތް ފެށުމާއި، ބަންކަރިންގ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ޤައުމީ ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭންގެ ދަށުން ކުނި މެނޭޖްކުރުމުގެ ހާލަތު ވަޒަންކޮށް، ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއި، އާންމުން ހޭލުންތެރިކުރުވުން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
