
ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅޭ މެންޗެސްޓާ ސިޓީގެ ޓީމުގައި އަނިޔާގައި ހުރި މިޑްފީލްޑަރު ރޮޑްރީ ހިމެނި ނަމަވެސް އޭނާ އަކީ ނެތް މީހެއް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑީއޯ އެވޯޑް އެންމެ ފަހުން ހާސިލްކުރި ރޮޑްރީ އަންނަނީ މި ސީޒަން ފެށުމާއެކު ލިބުނު އަނިޔާއަކަށް ފަރުވާ ކުރަމުންނެވެ. ގާޑިއޯލާ ބުނީ ހުސްވި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕޭނަށް ހޯދައިދީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮޑްރީ އަށް ކުޅެވޭނެ ކަމަށް އޭނާ ގަބޫލު ކުރަނީ އަންނަ ސީޒަނުގައި ކަމަށެވެ.
“ރަނގަޅު އޭނާ އެ ވަނީ ލިސްޓުގައި ޖަހާފައި. އެކަމަކު އަހަރެންނަށް އޭނާ އަކީ ނެތް މީހެއް. އަހަރެން ގަބޫލު ކުރާ ގޮތުގައި ރޮޑްރީ ކުޅޭނީ އަންނަ ސީޒަނުގައި. މި ސީޒަނުގައި އޭނާ ހުރި ކަމަށް ނުބަލަން. އެކަމަކު އޭނާ އެއްކޮށް ރަނގަޅު ވެގެން ސީޒަނުގެ ފަހުކޮޅު ކުޅެން ފަށައި ޓީމަށް އެހީވާން ފަށައިފިނަމަ އެއީ ވަރަށް ބޮޑު އެހީއަކަށްވާނެ. އެކަމަކު އަހަރެން އެކަމަށް ވެސް އުއްމީދެއް ނުކުރަން،” ގާޑިއޯލާ ބުންޏެވެ. މެންޗެސްޓާ ސިޓީގެ ޓީމު މި ސީޒަނުގައި ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. ފާއިތުވެދިޔަ ހަތަރު އަހަރުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަނުން ގަދަ ހަތަރަކަށް އެރީ ސީޒަން ދެބައިވި ފަހުންނެވެ. ކޯޗު ބުނަނީ މި ސީޒަނުގައި ތަށި ނުލިބޭނެ ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ޕްލޭއޯފް ބުރަށް ކޮލިފައިވީ ކިރިޔަކިރިޔާ އެވެ. ގާޑިއޯލާ ބުނީ މި ހުރިހާ ދެރަ ނަތީޖާތަކުގެ މައިގަނޑު ސަބަބަކީ ވެސް ރޮޑްރީ ނެތުމުން ކަމަށާއި އޭނާ ކުޅޭ މަގާމު ފޫ ބެއްދޭނެ އެހެން ކުޅުންތެރިއަކު ނެތުން ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ޕްލޭއޯފްގައި ސިޓީ ކުޅެން ޖެހޭނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ އެވެ. މި މެޗުތައް ކުޅޭނީ މި މަހުގެ 11 އާއި 19ގަ އެވެ. މިހެންވެ ލިސްޓުގައި ޖެހި ނަމަވެސް މި ރެއާލްއާއެކު ކުޅޭ ދެ މެޗުގައި ވެސް ރޮޑްރީ އަށް ނުކުޅެވޭނެ އެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
