
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
މަސްވެރިކަމުގެ ސިނާޢަތައް ގެނައުމަށް މަސައްކަތް ކުރަމުންދަނީ އިންޤިލާބީ ބަދަލެއް ކަމަށާއި، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމުން ދޯނިތަކުން ފޭބި ޒުވާނުން ދޯނިތަކަށް އަނބުރާ އަންނަން ފަށާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އަދުގެ ސަރުކާރުން ކުރައްވާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވީއިރު ކުރީ ސަރުކާރުން މަހުގެ އަގަށް ކުއްލި ގޮތަކަށް ގެނައި ބަދަލާއެކު މަސްވެރިންނަށް ފައިސާ ނުދެވި ބެކްލޮގެއް އޮތްކަމަށެވެ. ނަމަވެސް މިސަރުކާރުން އެހުރިހާ ފައިސާއެއް ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މަސްވެރިންނަށް ފައިސާ ދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިފިޔަވަޅުތަކާއެކު މަސްވެރިކަމުގެ ސިނާޢަތަކީ މަންފާ އޮތް ސިނާޢަތެއްކަން ޤަބޫލުކުރެވި ކުރިން މިސިނާޢަތުން ބޭރުވި ޒުވާނުން އަނބުރާ ސިނާޢަތަށް ވަންނަމުންދާ ކަމަށެވެ. މިއާއެކު މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މިސަރުކާރުން ގެންނަވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަންކަމުގެ ތަފްސީލު ރިޔާސީ ބަޔާނުގައި އިވިގެންދިޔަކަމަށެވެ. ” އެސިނާޢަތަކުން އެތައް ރައްޔިތެއް އެތަކެއް ޒުވާނުންނެއް ދޯނިފަހަރުތަކުން ފޭބި ސިނާޢަތެއް ގޮތުގައި، މިއަދު އެބަފެނޭ މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބެން ފެށުމުން އެއްކަލަ ދޯނިތައް މަސްކަނޑަށް ނިކުންނަން ފަށައިފި. ޒުވާނުން މަޑުމަޑުން ދޯނިތަކަށް އަރަން ފަށައިފި. މަސްވެރި ސިނާޢަތަށް މި ގެނެވެނީ 50 ނުވަތަ 60 އަހަރު ބަދަލާއެކު ދެމިތިބެވޭ ވަރުގެ ބަދަލެއް.” ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ މީގެ ކުރިން ޤާނޫނުގައި މަސްވެރިކަމުގެ ސިނާޢަތަށް މީހުން ތަމްރީނު ކުރާ ވާހަކަ އޮތްނަމަވެސް، އެކަމަށްވެސް ޢަމަލީ ސިފައެއް ގެނެސްދެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތުގެ އެކި ދާއިރާތަކަށް ޒުވާނުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. ” މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމަށް އަލުން ހެއްދެވުމަށް ޒަމާނާ އެއްގޮތަށް މަސައްކަތް ކުރައްވާތަން އެބަފެނޭ. ޤާނޫނުގައި ތަމްރީނުތަކުގެ ވާހަކަ ލިޔެފައި އޮތަސް އެއްވެސް ވެރިއަކަށް ޤާނޫނުގެ މިފޮޅުވަތް ނުފެނުނު. މިހާރު އެމްއެންޔޫއާއި ގުޅިގެން އެމަސައްކަތް މިވަނީ ފެށިފައި.” ވަޒީރު ޝީޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތުގެ މިއަދުގެ ހާލަތު ބަޔާންކޮށްދެއްވާ ވަޒީރު ވިދާޅުވީ، ކޯލްޑް ސްޓޯރޭޖްތަކާއި އައިސްޕްލާންޓުތަކުގެ ކެޕޭސިޓީ ނެތްއިރު، އެ ތަންތަނުގައި މަސައްކަތް ކުރާނެ މީހުންވެސް ބިނާކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން އެދާއިރާތަކަށް މީހުން ބިނާކުރުމަށްވެސް ސަރުކާރުން ފުރުސަތުތައް ފަހިކޮށްދެމުންދާކަން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
