
(ފޮޓޯ ކްރެޑިޓްސް: ސިޓީތަކާބެހޭ ވުޒާރާ)
އޯޕަން ގަވަރމަންޓް ޕާޓްނަޝިޕްގެ މެންބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ހޯދަންޖެހޭ އެހީތެރިކަމާއި އެއްބާރުލުން، ހޯދުމުގައި ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕިލިޕީންސްގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް، އޯޖީޕީގެ މެމްބަރު ޤައުމަކަށް ރާއްޖެވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުވަނީ ރާއްޖޭގައި ގިނަ ޤާނޫނުތަކެއް ހެދިފައި ހުރިނަމަވެސް ތަންފީޒުކުރުމުގެ މަރުޙަލާގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން މިޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށްވުމާއެކު ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއި ގުޅިގެން މިފަދަ މައްސަލަތައް ހައްލުކޮށް ނަޒާހަތްތެރިކަން ކަށަވަރުކޮށް ހެޔޮވެރިކަމެއްކުރުމަށް ބާރަކަށްވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ލިބިގެންދާނެކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ފިލިޕީންސްގެ މެނިލާގައި ބޭއްވި އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންފި. މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން ސްޓޭޓް… pic.twitter.com/vGn6b1hgJe
— Ministry of Cities, Local Government, Public Works (@MoCLPmv) February 7, 2025
“މިއީ ވޮޝިންގޓަންގައި ރަޖިސްޓަރކޮށްގެން ހިންގާ މޫވްމަންޓެއް. މިހާރުވެސް 70އަށްވުރެ ގިނަ ޤައުމުން މިހަރަކާތުގައި ބައިވެރިވަމުން އެބަދޭ. މީގެ އެންމެ މުހިންމުކަމަކީ ޖަމްޢިއްޔާއިންވެސް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެނީ، ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައި ހުއްޓަސްވެސް، އަސްލު ޕްރެކްޓިސްކުރުމުގައި ގުޑް ގަވަރނެންސް އަދި އެކައުންޓެބިލިޓީ، ޓްރާންސްޕޭރެންސީ، އަދި ހަމައެއާއެކީގައި ޚިޔާނާތާއި ވައްކަމާއި، އެނޫންވެސް މިފަދަ ކަންކަމުން އަރައިގަތުމަށް. ހަގީގަތުގައި ސިސްޓަމްގެ ތެރެއިން ކުރެވެން ހުންނަ ކަންކަން ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާއިރު، ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި ސިވިލް ސޮސައިޓީގެ ބޭނުން ހިފައިގެން ކުރިއަށްދިޔުމަށް އަސްލުބޮޑަށް ބާރުމިއެޅެނީ.” އާދަމް ޝަރީފް ޢުމަރު ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން ރަސްމީކޮށް އޯޖީޕީއާ ގުޅިފައިވާކަން ހާމަކުރައްވާފައިވަނީ ފިލިޕީންސްގެ މެނިލާގައި ބޭއްވި އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިންނެވެ. އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އިތުރަށް ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިވެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ)ގައި ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އިތުރުން ފުވައްމުލައް ސިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުންވަނީ ބައިވެރިވެ ފިލިޕިންސްގެ ސިޓީތަކުގައި ޚިދުމަތްދެމުންދާގޮތް ބައްލަވާލައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
