
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެގޮތަށް އައު އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅެއްޖެއެވެ. ބުރާސްފަތި ދުވަހު ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ތަޢުލީމީ ދާއިރާއިން ކުރައްވާނެކަންކަން އިޢުލާންކުރައްވާފައިވެއެވެ. އަދި މިކަންކަމާ ގުޅޭ މަޢުލޫމާތުތައް ވަޒީރު ވަނީ ރިޔާސީ ބަޔާން 2025 ފޯރަމްގައި ހިއްސާކުރައްވާފައެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ތަޢުލީމީ ދާއިރާއަށް ގެންނަ ތަރައްޤީގެ ތެރެއިން ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ވަގުތަށް ބަލާލެވޭނެ ގޮތަށް އައު ސިސްޓަމެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. 45 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއު ނިމިގެންދާ އިރު ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރާއި އުނގެނުމުގެ މާހައުލުގައި ހިނގާ ކަންތައްތަކާއި، އުނގެނުމުގެ މާހައުލުގައި ދަރިވަރުގެ ޓެސްޓްތަކުގެ މައުލޫމާތުތައް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
” ދަރިވަރުންގެ ހުރިހާ މަޢުލޫމާތުތަކެއް ލިބިގެންދާނެ. އަދި އެޕްލިކޭޝަންތައް މެދުވެރިކޮށް މި ސިސްޓަމްގެ ތެރެއިން މުދައްރިސުންނާ ގުޅޭ މަޢުލޫމާތުތައްވެސް މުދައްރިސުންނަށް ފެންނާނެ. ޓެކްނޮލަޖީއަށް އަހުލުވެރި ޓީޗަރުންގެ ފޯސްއެއް ބިނާ ކުރުމަށް އެންއައިއީގެ ތެރެއިން ޚާއްސަ ޕްލެޓްފޯމެއް ޤާއިމްކޮށްދޭނަން.” ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވިއެވެ.
މި ފޯރަމްގައި ވަޒީރު ވަނީ ބައެއް މާއްދާތަކުން ދަރިވަރުންގެ ފެންވަރު ހުރި ގޮތުގެ މަޢުލޫމާތުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން 2015 ވަނަ އަހަރު އަމަލުކުރަން ފެށި ޤައުމީ މަންހަޖުން ކީ ސްޓޭޖް 1 އަދި 2ގައި ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު ބަލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ކިޔަވައިދޭ މާއްދާތަކުން އެންމެ ދަށް މާއްދާއަކީ ހިސާބު މާއްދާކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު އެ މާއްދާއިން ފާސްވާ އިންސައްތަ 50 ގައި ހުރި ނަމަވެސް 2023 ވަނަ އަހަރު %46 ދަށްވެފައިވާކަމަށް ވަޒިރު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި އަދި އިނގިރޭސި މާއްދާއިންވެސް ދަރިވަރުން ފާސްވާ މިންވަރު ދަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
