
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ލެސްޓަރ ސިޓީ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އެ ޓީމާއި އަލަށް ގުޅުނު ޕެޓްރިކް ޑޯގޫ ވަނީ ކުޅެފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ވެން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ލެސްޓަރ ސިޓީގެ ބޮބީ ޑެކޯޑޯވާ ރެއިޑް ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި ލަނޑަކީ ލެސްޓަރ ސިޓީގެ ވިލްފްރެޑް އެންޑީޑީ މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ކީޕަރު އެންޑްރޭ އޮނާނާ ދިފާއު ކުރުމުން ދެވަނަ ފަހަރަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ. ދެވަނަ ހާފަށް ނިކުތްއިރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ އެ ޓީމަށް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ޑޯގޫގެ ބަދަލުގައި އަލެހަންދްރޯ ގަރްނާޗޯ ވަނީ ކުޅެން އަރުވާފަ އެވެ. އަދި އެ ބަދަލާއިއެކު އެ ޓީމުގެ އެޓޭކް އިތުރަށް ވަރުގަދަ ވެގެންދިޔަތަން ވަނީ ފެނިފަ އެވެ.
މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ގަރްނާޗޯ ނަގައިދިން ހުރަސް ރަސްމުސް ހޮއިލަންޑް ގޯލަށް ފޮނުވާލުމުން އެ ބޯޅަ ޔުނައިޓެޑްގެ ކުޅުންތެރިން ބްލޮކްކޮށް ފޮނުވާލި ބޯޅަ ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޯޝުއާ ޒިރްކްޒީ އެވެ. ޔުނައިޓެޑް މި މެޗުން މޮޅުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ޑިފެންޑަރ ހެރީ މެގުއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭރިޔާ ބޭރުން ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމެއް ބްރޫނޯ ފެނާންޑޭޒް ކުރިއަށް ފޮނުވާލިއިރު މެގުއާ ވަނީ ބޮލުން ޖަހާ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
މެގުއާ ކާމިޔާބުކުރި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ލެސްޓަރ ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން މައްސަލަ ޖެއްސި ނަމަވެސް މެޗުގެ ރެފްރީން މި ލަނޑުގެ ވީޑިއޯ ބަލާފައިނުވާކަން ފާހަގަ ކުރެވެއެވެ. އެފްއޭ ކަޕްގެ ހަތަރުވަނަ ބުރާއި ހަމައަށް ވީޑިއޯ ބަލައިގެން މެޗުތަކުގައި ރެފްރީން ގޮތް ނިންމާފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
