
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ވާޑަރ ބްރޭމަން އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގައި ހެރީ ކޭން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ. މި މެޗުން ބަޔާން މިއުނިކް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ބަޔާން މިއުނިކަށް 21 މެޗުން 54 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އެއް މެޗު މަދުން ކުޅެގެން 20 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. މި މެޗުން ބަލިވި ވާޑަރ ބްރޭމަން އަށް 21 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ 8 ވަނައިގަ އެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން މިއުނިކް އިން ވަނީ މި މެޗު ފެށުނީއްސުރެ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފަ އެވެ. އެގޮތުން މެޗުގެ %75 ޑޮމިނޭޓް ކޮށްފައިވަނީ ބަޔާން މިއުނިކުންނެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ބަޔާން މިއުނިކް އިން ލީޑު ނަގާފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ޕެނަލްޓީ އަކީ ހެރީ ކޭން ގޯލަށް ފޮނުވާލި ބޯޅައެއް ބްރޭމަންގެ ޑިފެންޑަރ އެންތޮނީ ޖުންގު އަތިގައި ޖެހުމުން ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އޭގެ މިނިޓެއް ކުރިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލެރޯއި ސާނޭ އެވެ. މި މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި ބަޔާން މިއުނިކް އިން މެޗުގެ ތިންވަނަ ލަނޑު އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީ އިން ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ. މި ޕެނަލްޓީ އަކީވެސް ބްރޭމަންގެ ޖުންގް އޭރިޔާ ތެރެއިން މުސިއާލާ އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބިފައިވާ ޕެނަލްޓީ އެކެވެ.
މި މެޗުގައި ކޭން ޖެހި ދެ ލަނޑާއެކު އޭނާ ބުންޑެސްލީގާގައި މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 21 އަށް އަރާފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
