
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކައުންސިލްތަކުގެ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކެއްގެ ވޯޓުލުން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި މައުލޫމާތަަށް ބަލާއިރު 12 ދާއިރާއެއްގެ ވޯޓުލުން ކުރިއަށްދާއިރު، މީގެ ތެރޭގައި ދެ ރަަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި، 10 ރަަަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރަަ ކޮމެޓީތަކުގެ ބައި-އިލެކްޝަން ހިމެނެއެވެ.
މިގޮތުން ކައުންސިލްތަކުގެ ބައި-އިލެކްޝަނަށް ބަލާއިރު، ހދ. މަކުނުދޫ ކައުންސިލްގެ މެންބަރަކާއި، ނ. ލަންދޫ ކައުންސިލް އަންހެން މެންބަރަކު އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަން ކުރިއަށް އެބަ ދެއެވެ. މިއަދު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ބައި-އިލެކްޝަންސްތަކަށް ބަލާއިރު، ނ. ލަންދޫ، ހދ. ހިރިމަރަދޫ، ނ. މިލަދޫ، އދ. ހަންޏާމީދޫ، ބ. ގޮއިދޫ، ލ. ގަން، ނ. ފޮއްދޫ، ރ. އިންނަމާދޫ، ދ. ހުޅުދެލި، ކަނޑުހުޅުދޫ އަދި ތ. ބުރުނި ހިމެނެއެވެ.
މި ބައި-އިލެކްޝަންސްތަކުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން މިއަދު 16:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. ހުސްވާ ގޮނޑިތަކަށް މެންބަރުން އައްޔަން ކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް އަމަލު ކުރަން ވަނީ ފަށައިފައެވެ. މިގޮތުން ދެން ބައި-އިލެކްޝަން ބާއްވަން ޖެހެނީ އެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އީސީއަށް އަށް އަންގައި، 183 ދުވަހުގެ ތެރޭގައެވެ. އަދި ކައުންސިލްގެ ދައުރު ހަމަވާން ކައިރިވެފައިވާނަމަ އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުން ލާޒިމު ނޫނެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
