
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފުވައްމުލައް ސިޓީގައި އޮތް ޑްރަގް ނެޓްވޯކް އެއްކޮށްހެެން ހުއްޓުވިފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ފުވައްމުލަކުގައި މިދިޔަ އަހަރު ތެރޭގައި މަސްތުވާތެއްޗާއި ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގިއެވެ. “ވެށި ރައްކަލް” ގެ ނަމުގައި އެރަށުގައި އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދިޔައިރު، ފުލުހުން އެއިރު ވިދާޅުވީ މެއި 1 ވަނަ ދުވަހުން ފެށިގެން އެ ސިޓީ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ދިޔަ ކަމަށެވެ.
އެއިރު މި އޮޕަރޭޝަން ތެރެެއިން 14 މީހަކު ހައްޔަރުވެސް ކުރިއެވެ. ރިޔާސީ ބަޔާން ފޯރަމްގައި ވާހަަކަދައްކަވަމުން އިހުސާން ވިދާޅުވީ، އަތޮޅުތަަކަށް ހާއްސަ ކޮށްގެން މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގާ، އަތޮޅު ތެރޭގައި ހިންގާ ހުރިހާ ޑްރަގް ނެޓް ވޯކްތަކެއް ނައްތާލުމަށް މަަސައްކަތް ކުރަމުންދާ ކަމަށެވެ.
“އޭގެ ތެރެއިން މިިދިޔަ އަހަރު ކާމިޔާބު ކަމާއެކު އަޅުގަނޑުމެން ވާނީ އެއް އަތޮޅު އެއްކޮށް ކަހަލަ ގޮތަކަށް ނިންމާފައި، ޏ. އަތޮޅު ފުވައްމުލައް، ފުވައްމުލަކުގައި ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން، މީހުންނަށް ދެމުންގެންދާތަން އެއްކޮށް ހުއްޓުވާ އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށް، އޭގެ އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑަރިންގގެ ކުށުގައި ހައްޔަރު ކުރެވި ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު ދަނީ ދެމުން،”. އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ސަޕްލައި މަދު ކުރުމަށް ކުރަމުންދިޔަ މަސައްކަތަށް ބަލާއިރު، 2023 ވަނަ އަހަރު ސަރުކާރާއި ހަވާލުވިއިރު އެޭގެ ކުރީގެ އެއް އަހަރުގައި 600 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވަ ކަަމަށެވެ. އަދި މިދިޔަ އަހަރު ކުރި މަސައްކަތުން 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށް އިހުސާން ވިދާޅުވިއެވެ. “މީގެ އިތުރުން، ބޯޑަރުގައި ޑްރަގް އެތެރެ ކުރެވޭ މަގު ބަންދުކޮށް، ޑްރަގްސް ފައިޓް ކުރަން ގެންގުޅޭ ރާއްޖޭގެ ލޯ އެންފޯސްމެންޓްގެ ޑިޕާޓްމެންޓްގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސްގައިވާ ޓާސްކް ފޯސްއެއްގެ ޒަރިއްޔާއިން އިންޓަލިޖެންސް ބޭސްކޮށް ޑްރަގް އޮޕަރޭޝަންތައް ދަނީ ހިންގަމުން،”. އިހުސާން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
