
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ސަރުކާރަކީ އޯގާތެރިކަމާއެކުގަ މަގުމަތިވެފައި ތިބި ޒުވާނުންނާއި މުޖުތަމައުގެ ތެރޭގައި އަޅާނުލެވި ހަވާސާވެފައި ތިބި ޒުވާނުންނަށް އަޅާލާ ސަރުކާރެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. “ރިޔާސީ ބަޔާން 2025” ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ސަރުކާރާ ހަވާލުވިއިރުގައި ފަރުވާ ނުފެށި 700 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 85 ޕަސެންޓް މީހުންނަށް ފަރުވާފެށި އަދި ބޮޑު ބަޔަކަށް ފަރުވާދީ ނިންމާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ މާލޭގެ މަގުމަތީގައި ސަލާންޖެހުމާއި ޑްރަގް ބޭނުންކޮށްގެން މަގުމައްޗަށް ވެއްޓި ތިބޭ މަންޒަރު މިހާރު މަދުވާނެ ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ރިމާންޑް ސެންޓަރުން ކަމަށެވެ.
“އަޅުގަނޑު ހަމަ އޭގެ ތެރެއިން އެއް މިސާލެއް ދަންނަވާލާނަން. އާންމު ގޮތެއްގައި މަޖީދީމަގުގަ ހުންނަ އޭޓީއެމް މެޝިން ހުންނަ ސަރަހައްދުން ފެންނަ ފަރާތް މިހާރު ޑްރަގުގެ ވަބާއިން ދުރުވެ އެ ފަރާތް މިހާރު ވަނީ ރާއްޖޭގައި މަރުކަޒީ ގޮތެއްގައި ހިންގާ އިލެކްޓްރިކަލް އިންޖިނިއަރިންގ ކޯހެއްގައި ދަނީ ކިޔަވަމުން. އަދި އޭނާއަކީ އާދަޔާ ޚިލާފަށް ކުރެހުމުގެ ހުނަރު ލިބިފައިވާ ފަރާތެއް. އަޅުގަނޑުމެން އެ ވަސީލަތްތައް ހޯދައިދީ މިހާރު އެ އާޓު ތަންތަނުގައި ޑިސްޕްލޭ ކުރެވި ވިއްކޭނޭ މަގު ވަނީ ހޯދައިދީފަ. ރައީސް ޑރ. މުޢިއްޒު ގާއިމްކޮށްފައި ވަނީ ހަވާސާވެފައި ތިބި ޒުވާނުންނަށް އަޅާލުމުގެ އޯގާތެރި ސަރުކާރެއް.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޑްރަގް ޑިމާންޑް ދަށްކުރުމަށް ކުރަމުންދާ މަސައްކަތް މިއަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، ވަޢުދު ވެފައިވާ ގޮތަށް، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ގާއިމްކުރާ މަރުކަޒުތައް މިއަހަރުގެ ތެރޭގައި ހެދިގެންދާނެ ކަމަށެވެ. މި ސަރުކާރާ ރައީސް މުޢިއްޒު ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހާލަތު އޮތްގޮތް ކޮންމެ ރައްޔިތަކަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ޑްރަގުގެ ވަބާ އޭގެ ޒާތުގައި ފެތުރި އޭގެ އަސަރުނެތް އެއްވެސް އާއިލާއެއް ރާއްޖޭގައި ނެތްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުށްކުރާ ގޭންގްތައް ހަދައިގެން ކުށްކުރުމުގެ ސަގާފަތެއް އޮތް ކަމަށާއި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު އޮތީ ނޭނގޭ ހިސާބެއްގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ތުއްތު ކުދިންގެ މައުސޫމްކަން ނަގާލާ އެ ކުދިން ކުށުގެ މާހައުލަށް ހުށަހަޅާ އަދި ކުށުގެ ވެށީގައި އެ ކުދިން ގެންގުޅެމުންދާ ދިޔުން އިންތިހާއަށް އޮތް. މިހުރިހާ ކަމަކަށް އެޑްރެސްކޮށް ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ދާޚިލީ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކެއް އެބަވޭ. އޭގެ ތެރޭގައި ކްރައިމް ޕްރިވެންޝަންގެ ނަޒަރިއްޔާއަކުން ބަލާނަމަ ރާއްޖޭގަ މި ވަގުތު ފުލުހުންގެ ޚިދުމަތް ގާއިމުވެފައި ނެތް ހުރިހާ ރަށެއްގަ މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތް ގާއިމްކޮށް ކްރައިމް ޕްރިވެންޓްކޮށް އަދި މި ވަގުތު ކުށުގެ މާހައުލުގައި އުޅެމުންދާ ކުދިން އޭގެއިން ދުރުކޮށް އަދި ރައްޔިތުންނަށް އަމާން ޤައުމެއް ބިނާކުރެވޭނެ މާހައުލެއް ކަށަވަރުކޮށްދިނުމަކީ އެއީ އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރާނެ އެއް ކަން.” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ބައޯމެޓްރިކްސް ނަގާ އެ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހޯޕް އައިލެންޑްގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
