
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފްލޯޓިން ސޯލާ ސިޓީ ތަރައްގީކުރެވުމުން ދައުލަތުން ކަރަންޓަށް ހަރަކުރާ ފައިސާގެ ތެރެއިން 43 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮޖެކްޓު ކަމަށްވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއު 2027 ވަނަ އަހަރަށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.
“މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު މެދު ތެރޭގައި ފަށައި، 2027 ވަނަ އަހަރުގެ ތެރޭގައި ނިންމައި އޭގެ ނަފާ ލިބެން ފަށާނެ” ރައީސް ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގެ ހުއްދަ ކެނެޑާގެ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“ރިޔާސީ ބަޔާން 2025 ފޯރަމް”ގައި ރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އިޔާދަކުރުވަނި ހަކަތަ ރާއްޖޭގައި ތަރައްގީކުރުމަށް އެނާޖީ އޮތޯރިޓީއާއި އެންވަޔަރަމެންޓް މިނިސްޓްރީއާއިއެއްކޮށް މަސައްކަތްތަކެއް ކޮށްފަިއވާ ކަމަށެވެ. “ކުރެވިފައިހުރި މަސައްކަތަށް ބަލާއިރު 100 އަށްވުރެ ގިނަ މެގާ ވޮޓްގެ ސޯލާ މޫދުގައި އަތުރާލައި ސޯލާ ސިޓީއެއްގެ ގޮތުގައި މާލެ ކައިރިގައި ސްޕްރެޑެއް ހެދުމަށް މަޝްވަރާކޮށްފައިވާނެ. އެ ސޯލާ ސިޓީއިން އުފައްދާ ކަރަންޓުން ގާތްގަނޑަކަށް އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ. މާނައަކީ އިޔާދަކުރުވަނި ހަކަތަ ނޫން އާންމު އުސޫލުން ރާއްޖޭގައި ކަރަންޓު އުފައްދާ ތެޔޮ އިމްޕޯޓްކޮށްގެން ހިންގާ ކަމަށްވަންޏާ އެއާއި އަޅާކިޔާއިރު 43 މިލިއަން ޑޮލަރު އަހަރަކު ސޭވް ކުރެވޭނެ ވާހަކަ. ސްޕެޝަލް އެކޮނަމީ ޒޯންގެ ފުރަތަމަ މަސައްކަތައް މި މަސައްކަތް ވެގެންދާނެ.”ސައީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ރޭގެ ފޯރަމްގައި ސައީދު ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އޮތީ މާލީ އަދަވަޅެއްގެ ތެރޭގައި ކަމަށެވެ. މާލީ ދަތި ހާލުގައިވެސް ރައީސް ފައިސާ ޗާޕްކުރުން ހުއްޓާލި ކަމަށް ވިދާޅުވިއެވެ. ފައިސާ ޗާޕްކޮށްގެން ދައުލަތެއް ހިންގުމަކީ ފަސޭހަގޮތް ކަމަށާއި ނަމަވެސް ގައުމަށް މާދަމާ ވާނެ ގޮތްތަށް ވިސްނި ވަޑައިގަންނަވާތީ އެކަން އެގޮތަށް ނުކުރެއްވި ކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސްގެ އިރުޝާދާއިއެކު ފިނޭންސް މިނިސްޓްރީން ކުރެއްވި މަސައްކަތުގެ ނަތީޖައަކީ ގައުމު ނުދަރާ އޮތުން ކަމަށެވެ. ހަގީގަތުގައި ރައީސް ހޯދެއްވި އެންމެ ބޮޑު ކާމިޔާބީއަކީ އެއީ ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
